އިޢުލާން: އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓުން ނެރޭ އިޢުލާން

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިމަޤާމަށް ކުރިމަތިލައްވަން އެދިލައްވާ ބޭފުޅުން ސިޓީއަކުން ވަނަވަރާއި، އައިޑީކާޑުގެ ކޮޕީއަކާއި އެކު 15 ސެޕްޓެމްބަރ 2011ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ.

ޝަރުތު: ޕާޓީގެ މެންބަރަކަށް ވުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން އިނގިރޭސިއާއެކު ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.

މަސްއޫލިއްޔަތު:
(ހ) އެމްޑީޕީ އުތުރު ޕްރޮވިންސް އިން އިންތިޒާމްކޮށްގެން ބާއްވާ ޕާޓީގެ އިދާރީ ޖަލްސާތައް ބާއްވާ، ކުރަންޖެހޭ އިންތިޒާމްތައް ކުރުން.
(ށ) އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގެ އިންތިޒާމްތަކާއި އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން.
(ނ) އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގައި ކުރަންޖެހޭ ޕާޓީގެ ހުރިހާ ކަންކަންހިންގުމުގެ މަސްއޫލިއްޔަތު އުފުލުން.
(ރ) އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.
އިތުރު މަޢުލޫމާތު:
ކޮންޓެކްޓް: ، 7677066،7777722، އީމެއިލް: Northprovince.mdp@gmail.com
12 ސެޕްޓެމްބަރ 2011

-އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓް-