ރައީސުލްޖުމްހޫރިއްޔާ ޓެންޒޭނިއާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ޓެންޒޭނިއާގެ ފެރީ ބޯޓެއް އެޤައުމުގެ ޒަންޒިބާރުގެ ކަނޑުގެ ސަރަޙައްދަށް ބަންޑުންވެ، އެބޯޓުން ދަތުރުކުރި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިފައިވާތީ، އެކަމުގެ ހިތާމައިގައި، ޓެންޒޭނިއާގެ ރައީސް ޖަކާޔާ މްރިޝޯ ކިކްވީޓަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މެސެޖެއް ފޮނުއްވައިފިއެވެ.
ޓެންޒޭނިއާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ޓެންޒޭނިއާ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް ކިކްވީޓަށާއި އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.