މާރިޔާ ލާމު އަތޮޅަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަޑައިގެންފި

އިބްރާހީމް ރާމިޒް

dhanbidhoo-03

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ލާމު އަތޮޅަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މާރިޔާ ދީދީގެ މި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ނަމަވެސް، އެކަމަނާގެ ދަތުރުފުޅުގައި ލާމު އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ އެމްޑިޕީ މެންބަރުންނާ ބައްދަލުކުރައްވައި ބައެއް ރަށްރަށުގެ އިދާރީ ޑެސްކާއި، ގޮފި އޮފީސް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، އެ ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެއްވިއެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ވެސް އެކަމަނާ ވަނީ ބައްދަލުކުރައްވާފައެވެ.
މާރިޔާ ދީދީގެ މި ދަތުރުފުޅުގައި އިސްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަދި މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ، އުމަރު އަބްދުލް ރައްޒާގު (މަންނި) އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު ކަމާއި، އެމްޑީޕީގެ ޑައިރެކްޓަރ އޮފް ފޮރިން ރިލޭޝަންސްގެ މަގާމް އަދާކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރު އާއި، އެ ޕާޓީގެ ސްޕޯކްސްޕާސަން ފާތުމަތު ޝަހީދާ އާއި، އެމްޑީޕީ މާފަންނު ހުޅަނގު ދާއިރާގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރ މުޙައްމަދު ފަލާޙް އާއި، އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާހީމް އަޙުމަދު (މާލިމީ) އާއި އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ރައީސް ޙުސައިން ޝަހީމް އާއި އެޕާޓީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރު ނާޝިދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.