ތަރައްޤީ: ސާކްސަމިޓްގެ ތައްޔާރީތައް މެކުހަށް- އައްޑޫސިޓީކައުންސިލް

ފަހަލަސަޢީދު

addu-city-saarc-summit

މިއަންނަ ނޮވެމްބަރ މަހު އައްޑޫ ސިޓީގައި ބޭއްވޭ ސާކްސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ހިންގާ ތަރައްގީގެ މަޝްރޫޢްތައް މިހާރު މެކުހަށް ޖަހާފައިވާ ކަމަށް އައްޑޫސިޓީއިން ބުނެފިއެވެ.
ސާކްސަމިޓް ބާއްވާ ދަރުބާރުގޭގެ މަސައްކަތުގެ %80 އިންސައްތަ ނިމިފައިވާ އިރު އެދަރުބާރުގެއާ ގުޅިފައިވާ އެންމެހައި މަގުތަކުގެ %80 އިންސައްތަވެސް ވަނީ ނިމިފައިކަމަށް އައްޑޫސިޓީއިން ޚަބަރު ދެއެވެ.
މިކަންކަމުގެ އިތުރުން އައްޑޫ ސިޓީ ރީތިކުރުމަށްޓަކާ ރައްޔިތުންނާ ޖަމިއްޔާ ޖަމާޢަތްތަކާ ބައެއް ވިޔާފާރިކުންފުނިތައް ގުޅިގެން އެސިޓީގެ މަގުފާރުތައް ރޭނުމާ ސިމެންތި ޖެހުމާ ކުލަލުމުގެ ޙަރަކާތްތައްވެސް މެކުހަށް ޖަހާފައިކަމަށް އައްޑޫސިޓީ އިން ޚަބަރު ދެއެވެ.
މިޙަރަކާތްތަކާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހުރީ ކިހިނެއްތޯވެސް ބަލާލީމެވެ. ސުވާލުކުރެވުނު ހުރިހާ ރައްޔިތުން ބުނަމުން ދަނީ ވެރިން ދަސް މިވީ އަދި ކިރިޔާކަމަށާއި، މާޒީގެ ހިތްދަތިކަންފިލާ ކުއްލިއަކަށް ނުވެސް ދެނެތިއްބާ މިއަދުގެރައީސް އައްޑުސިޓީ އާމެދު އެނިންމެވި ނިންމެވުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ގަބޫލު ކުރަންވެސް އުދަގޫވި ނިންމުމެއްކަމުގައެވެ. އައުސަރުކާރަށް ތިންއަހަރު ނުވަނީސް އައްޑޫ ސިޓީ ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެނިންމެވި ނިންމެވުމަކީ އައްޑޫސިޓީގެރައްޔިތުންނާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އޯގާވެރި ލޯބި ރަމްޒުވެގެން ދިޔަސަބަބެއްކަމުގައި އެފަރާތްތަކުން ބުނެއެވެ.
އައްޑޫ ސިޓީގައި ބޭއްވޭ ސާކްސަމިޓާ ގުޅުވައިގެން ދެކުނުގެ ހަތަރުއަތޮޅަށް އަމާޒު ކުރެވިގެން ފޮރިންމިނިސްޓްރީއިން އިންތިޒާމު ކުރާ ރޯޑުޝޯގެއިތުރުން އެތޮޅުތަކުގެ މަސައްކަތްތެރިކަމާ ހުނަރު ތައްފެނިގެންދާނޭފަދަ މަޢުރަޟެއް ބޭއްވުމަށް ވެސް ދަނީތައްޔާރުވަމުންނެވެ.
އައްޑޫސިޓީއިން ޚަބަރުދޭ ގޮތުގައި ސާކްސަމިޓް ބޭއްވޭ ދުވަސްވަރާ ދިމާކޮށް އައްޑުއާ ފުވައް މުލަކުގައި ސާކްފެސްޓިވަލެއް ބޭއްވުމަށް ވެސް ވަނީނިމި އެކަމުގެ ތައްޔާރީތައް ފެށިފައެވެ. އައްޑޫގައި ސާކްސަމިޓް ބޭއްވުމުގެ ސަބަބުން އައްޑު އާ ފުވައްމުލަކުގެ ވިޔާފާރިއަށާ ރައްޔިތުންގެ ކުރިއެރުން އެތައް ތަނަކުން އިތުރުވެގެންދާނޭކަމަށް ބެލެވޭކަމުގައި އައްޑޫސިޓީގެ ސިޓީ ކައުންސިލުން ބުނެއެވެ.