އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މި ރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ

– މި ޖަލްސާ އެމްއެންބީސީ ވަން އިން ލައިވް ކުރާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާ އެއް މިރޭ (6 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެ ރޭ ) އާޓިފިޝަލް ބީޗުގައި އޮންނާނޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި ޖަލްސާ އަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީ އަަށް ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ފަރާތަކުންނާއި، ތާޢީދުކުރައްވާ ފަރާތްތަކުން މި ޕާޓީއަށް ހާޒިރުވެވަޑައިގެން ދެއްވުމަށް އެ ޕާޓީން އެދެއެވެ.
އެމްޑީޕީގެ ބޮޑު ޖަލްސާ އެއް މި ބާއްވަނީ ވަރަަށް ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީގެ ޖަލްސާ އެއް ނުބާެއްވާ އޮތުމަށް ފަހުއެވެ. އަދި މި ފަދަ ޚާއްސަ ޖަލްސާ އެއް ނުބާއްވާތީ އެ ޕާޓީގެ މެންބަރުން ޝަކުވާކުރަމުންދާ އަދި މި ފަދަ ޖަލްސާ އަކަށް އެ ޕާޓީގެ މެންބަރުން ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
މި ޖަލްސާ އެމްއެންބީސީ ވަން އިން ލައިވް ކުރާނެއެވެ.