އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މާދަމާ ރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ

– މި ޖަލްސާ އެމްއެންބީސީން ލައިވް ކުރާނެ

އިބްރާހީމް ރާމިޒް

mdp-thoddoo-jalsaaއެމްޑީޕީން އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާ ކަމަށްވާ ތޮއްޑޫ ދާއިރާ މެކުހަށް، މި ޖަލްސާގައި އެ ޕާޓީގެ ލީޑަރޝިޕް (ކުރީބަރީގައި) .. އެމްޑީޕީ ފައިލް ފޮޓޯ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާ އެއް މާދަމާރޭ (6 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެ ރޭ ) އާޓިފިޝަލް ބީޗުގައި އޮންނާނޭ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

މި ޖަލްސާ އަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީ އަަށް ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ފަރާތަކުންނާއި، ތާޢީދުކުރައްވާ ފަރާތްތަކުން މި ޕާޓީއަށް ހާޒިރުވެވަޑައިގެން ދެއްވުމަށް އެ ޕާޓީން އެދެއެވެ.
އެމްޑީޕީގެ ބޮޑު ޖަލްސާ އެއް މި ބާއްވަނީ ވަރަަށް ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީގެ ޖަލްސާ އެއް ނުބާެއްވާ އޮތުމަށް ފަހުއެވެ. އަދި މި ފަދަ ޚާއްސަ ޖަލްސާ އެއް ނުބާއްވާތީ އެ ޕާޓީގެ މެންބަރުން ޝަކުވާކުރަމުންދާ އަދި މި ފަދަ ޖަލްސާ އަކަށް އެ ޕާޓީގެ މެންބަރުން ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
މި ޖަލްސާ އެމްއެންބީސީ ވަން އިން ލައިވް ކުރާނެއެވެ.