ޖީ އެސްޓީ ދޭންޖެހެނީ މިލިއަނަރުން

ފަހަލަސަޢީދު

tax

މިރާއްޖޭގައި އޮތް ޑިއުޓީ ނެގުމުގެ ބޯދާ އުޞޫލު ދޫކޮށް މިޒަމާނުގެ ކުރިއަރާފައިވާ ވިޔަފާރީގެ އުޞޫލަށް މަރުޙަބާ ނުކިޔާނީކާކުހެއްޔެވެ. ތަންދޮރުވަކިވާވަރުގެ ބަޔަކު ޖީއެސްޓީ ނެގުމަށް ދެކޮޅެއް ނުހަދާނެއެވެ.ޖީއެސްޓީ ނެގުމުން ވިޔަފާރިވެރިޔާ ރާއްޖެއަށް އެތެރެ ކުރާ މުދަލާ ތަކެތީން އެތެރެކުރާ ވަގުތު އެއްވެސް ފައިސާ އެއް ދައްކާކަށެއް ނުޖެހެއެވެ. އެހެންކަމުން ކުރިން ފައިސާ ނުނެގުމުން ވިޔާފާރިވެރިޔާގެ ވިޔާފާރި އިތުރަށް ފުޅާކުރުމަށް ނުވަތަ އެނޫން ކަމެއް ކުރުމަށް ވިޔަސް އެފައިސާ ވިޔާފާރިވެރިޔާގެ ޖީބުގައި ހުންނަނާނެއެވެ.
ޖީއެސްޓީ ނަގަން ފެށުމުން ރައްޔިތުމީހާ އަށް އެނގެނީ ކިރުދަޅެއްގެ އަގަކީ ޖުމްލަ ބާރަ ރުފިޔާ ކަމާ އޭގެތެރެއިން އެއްރުފިޔާއަކީ ޖީ އެސްޓީކަމެވެ.ކުރިން ރައްޔިތުމީހާއަކަށް އޭނާ ގަންނަ ކިރުދަޅުން ޑިއުޓީގެ ގޮތުގައި ވިޔަފާރިވެރިޔާ އަތުލަނީ ކިހާމިންވަރެއްކަމެއް ނޭނގެއެވެ. މިގޮތަށް ޖީއެސްޓީ ނެގުމުން ރައްޔިތުމީޙާ އަށް އޮޅުމެއްނެތި އެގަންނަ މުދަލަކުން ޖީއެސްޓީއަށް އަތުލަންޖެހޭ މިންވަރު ސާފްކޮށް އެނގޭނެއެވެ.
މިނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ މިނިވަން ވިޔާފާރި ފުޅާކުރެވިގެން ދިޔަނިޒާމެވެ. ކުރީގެސަރުކާރުންވެސް ޖީއެސްޓީއަކީ މިހާރު ތަޢާރުފްކުރަން ވެއްޖެ ނިޒާމެއް ކަމުގައި ބުނިނަވެސް އެނިޒާމު ގާއިމްނުކުރީ ދުނިޔޭގެ ތަންދޮރު އޮޅުންފިލާފައި ނުވާތީ އާއި ތިމާމެންގެ ވިޔާފާރި ދުނިޔޭގެ ސިސްޓަމުގެތެރެއިން ކުރިއަރިއަރާނެކަން ނޭނގޭތީކަމަށް މިހާރު މިވަނީ ގަބޫލުކުރަން ޖެހިފައެވެ. މިވަރުގެބަޔަކު މިރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ރައްޔިތުން ދެން އުޅޭނީ ކޮންޙާލެއްގައިބާވައެވެ. ރައްޔިތުންގެ ލާބައާ މަންފާ އަށް ވުރެ ތިމާމެންގެ ވިޔަފާރި އަށް ވިސްނާމީހުން ނަކީ ވަރަށް އަނިޔާވެރިބަޔަކަށް މެނުވީނުވާނެއެވެ.
މިރާއްޖޭގެ މިލިއަނަރުންނަކީ މާގިނަ ބައެއް ވެސް ނޫނެވެ.އިނގިލިން ގުނާލެވޭ ވަރަށް ތިބިބަޔަކަށް ވާއިރު ޖީއެސްޓީ ނެގުމުން ކުދިވިޔާފާރިތަކަށާއި ރައްޔިތުންނަށް އޮތީ ކޮންގެއްލުމެއްބާއެވެ. ވިޔަފާރިވެރިޔާއތުން ޖީއްެސްޓީ ނަގަނީ ސާފްފައިދާ އިން ކަމަށް ވާއިރު އެތެރެ ކުރިމުދަލުގެ ތެރެއިން ނުވިކުނު މުދަލުން ސަރުކާރަށް ބައިރުފިޔާ އެއްހާ ހިސާބު ދޭން ނުޖެހޭކަން ވެސް ފާހަގަކުރަމެވެ. ކޮންމެއަކަސް ވިޔާފާރިން ޖީއެސްޓީ ނަގަން ގަބޫލުނުވާ ފަރާތްތަކުގެ ފެންވަރާ އެވެރިންގެ އަމިއްލައެދުން ބޮޑުމިންވަރު ރައްޔިތުންނަށް ހާމަވެނިމިއްޖެ ކަމުގައި ދެކެމެވެ.