ދައުލަތުގެ އެންމެހައި މުސާރަތައް ކަނޑައަޅާނޭ މުސްތަގިއްލު ކޮމިޝަނެއް އުފެއްދެވުމަށް ސަރުކާރުން ވިސްނަވާ- ޕްރެސް ސެކްރެޓަރީ

ފަހަލަ ސަޢީދު

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުސްތަގިއްލު ކޮމިޝަންތަކާ މިނިވަން މުއައްސަސާ ތަކާ، އަދި ރައްޔިތުންގެމަޖިލީހުގެ މެންބަރުންގެ މުސާރަތައް ކަނޑަ އަޅާނޭ މިނިވަން މުސްތަގިއްލު ކޮމިޝަނެއް އުފެއްދެވުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
ހަފްތާއަކުއެއްފަހަރު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ރައީސްއޮފީހުގައި ބާއްވާ ސިލްސިލާ ބައްދަލުވުމުގައި ނޫސްވެރިއަކުކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހައިރު ވިދާޅުވީ މިކަންތަށް ވެސް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ކަމުގައެވެ.
ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރެވެމުން އަންނަ ގާނޫނުއަސާސީއަކީ ދުނިޔޭގެ އެންމެ ފޯރާގައުމުތައްވެސް ސިއްސުވާލާފަދަ ޚަރަދު ބޮޑުގާނޫނުއަސާސީއެއް ކަމަށާ ގާނޫނުއަސާސީގެ މިނިވަންކަމުގެ ބާބުފިޔަވާ ދެންހުރި ބައިތައް އިސްލާޙުކުރެއްވުމަށް ރައްޔިތުންގެ މަޖިލިސް ތިމަރަފުށީ ދާއިރާގެ މެންބަރ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރ މުޙަނަމަދުު މުސްޠަފާ ގޮވާލައްވާފައިވާ މިދަނޑިވަޅުގައި މުހަންމަދު ޒުހައިރު ވިދާޅުވީ ދައުލަތުގެ މުއައްޒަފުންގެ މުސާރަ ވަކިފަރާތަކަށް ބުރަނުވާ މިނިވަން ކޮމިޝަނަކުން ކަނޑައެޅުއްވުމަކީ ޑިމޮކްރަސީގެ ރިވެތި އުސޫލެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައެވެ.
މުސްޠަފާ ވިދާޅުވެފައިވަނީ ސަރުކާރުން މާކުރީންވެސް ނިންމަވާފައި ވަނީ ރާއްޖެ ހަތްސަރަޙައްދަކަށް
ބަހާލައިގެން އެހަތްސަރަހައްދުގައި ކައުންސިލް ހެދުމަށް ކަމަށާ ރާއްޖެ އެކާވިސް ދާއިރާއަކަށް ބަހާލުމުން އެއީވެސް ދައުލަތުގެ ޚަރަދުތައް އެތައް ތަނަކުން އިތުވެގެން ދިޔަސަބަބެއްކަމުގައެވެ.އެގޮތުން 80 މީހުންގެ އާބާދީ އަކަށް 5 ކައުންސިލްރުން ބައިތިއްބައިގެން ތަރައްގީއެއް ނުހޯދޭނެކަމަށާ ރާއްޖޭގައި މިހާރުޢަމަލު ކުރަމުންދާ ގާނޫނުއަސާސީ ބުނާސިފަތައް ގެންނަން ވެއްޖެނަމަ ރާއްޖެއއަށް ލިބޭއާމްދަނީއިން ދުހަކުވެސް ދެކޮޅު ނުޖެހޭނެކަމުގައެވެ.
މުސަތަފާ އިތުރަށް ވިދާޅުވީ މިހާރުޢަމަލު ކުރާ ގާނޫނު އަސާސީއަކީ ރައްޖެއަށް ލިބޭ އާމްދަނީ އަށް ބަލައިގެން ޚަރަދުކުުރަން ހަދާފައިވާ ގާނޫނުއަސާސީއަކަށް ނުވާތީ މިގާނުއަސާސީ ގަދަށުން މިހާރުގެ ރައީސް ނަޝީދު ފިޔަވާ އެހެން އެއްވެސް ބޭފުޅަކަށް ވެރިކަން ކުރެވިދާނޭކަމަށް ގަބޫލުފުޅުނުކުރައްވާ ކަމުގައެވެ..