ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ޒަކީ ފިލިޕީންސަށް ފުރާވަޑައިގެންފި

apcss_maldives_ibrahim_hussain_zaki

މި ސެޕްޓެމްބަރމަހު 6 އިން 8 އަށް ފިލިޕީންސްގެ މެނީލާގައި ބާއްވާ އޭޝިޔާ ސަރަޙައްދުގެ އިޤްތިޞާދީ ހާލަތާ ގުޅޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އިބްރާހީމް ޙުސައިން ޒަކީ ރޭ ފުރާވަޑައިގެންފިއެވެ.

އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިޔާ އެންޑް ދަ ޕެސިފިކް (އެސްކެޕް) އިން އިންތިޒާމް ކޮށްގެން ބާއްވާ މިކޮންފަރެންސްގައި، މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ހުރި ދަތިތަކާއި، ދުނިޔޭގެ އިޤްތިޞާދު އަލުން އާރާސްތު ކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެއެވެ.