އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ހދ. ކުޅުދުއްފުއްޓަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. މިދަތުރުފުޅުގައި ޑރ. ޑީޑީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި މަތި އުތުރު ސަރަހައްދުގެ ހެލްތު ކޯޕަރޭޝަންގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެސަރަހައްދުގެ ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ކޮންމެ ހޮނިހިރުދުވަހަކީ މިސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަކޮށް ހޮސްޕިޓަލުން ފަރުވާދެވޭނެ ދުވަހެއްކަމަށް ހަމަޖެއްސެވުމަށް ވަނީ ވާހަކަ ދެކެވިފައެވެ.

ޑރ. ޑީޑީގެ މިދަތުރުފުޅަކީ ފިޝަރީޒް މިނިސްޓްރީއާއި އެސްޓީއޯއާއި ގުޅިގެން ދިވެހި ދަނޑުވެރީންގެ އުފެއްދުންތައް މާކެޓްކުރުން އިފްތިތާޙު ކުރުމަށްޓަކައި ކުރެވުނު ދަތުރުފުޅެކެވެ.