ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފޮނުއްވި ތަހުނިޔާގެ ޚިޠާބު

25356_baa5e8a2-8_

މި ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ. މި ޢީދު އަޅުގަނޑުމެންނަށް ގެނެސްދޭ އެންމެ މަތިވެރި ހަނދާނަކީ، އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގެ ހަނދާނެވެ. ހަމައެއާއެކު، ޢާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ހަނދާނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނަށް އެހީތެރިވެ، ޢާއިލީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް، މިފުރްޞަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. މާތްރަސްކަލާނގެ މި ޢީދުގެ ދުވަސްތައް ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ދުވަސްތަކެއް ކަމުގައި މިންވަރު ކުރައްވާށިއެވެ!

.