ތަހުނިޔާ ދެންނެވުން

ފިޠުރު ޢީދުގެ މުނާސަބަތުގައި އެމްޑީޕީން ނެރޭ ޚިޠާބު

mdp-logo-original

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ނމުނާޞބަތުގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށާއި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މާތްވެގެންވާ ރަމަޟާން މަހަށް ފަހު މި އައި ބަރަކާތްތެރި ޢީދަކީ އެންމެހާ މުސްލިމުންނަށް އުފާފާގަތިކަން ގެނެސްދޭނޭ ޢީދަކަށް ވުމެވެ. އަދި މި ޢީދުގެ ބަންދު ދުވަސްތައް ހެޔޮގޮތުގައި ހިފުމުގެ ނަޞީބު އެންމެހާ މުސްލިމުންނަށް މިންވަރުކުރެއްވުމެވެ.
މާތް ﷲ ރާއްޖެ ތިޔާގިކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާ އުފާވެރި މާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް ދުޢާއެވެ. އާމީން

މަޔާން ނެރުއްވީ އެމްޑީޕީގެ ލީޑަރޝިޕް
ޕާޓީގެ އެންމެ އިސްލީޑަރު
ޕާޓީގެ ޗެއަރޕާސަން
ޕާޓީގެ ރައީސް އަދި ނައިބު ރައީސް