މަރުހަބާ ދެންނެވުން

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ފާސްވުމާ ގުޅިގެން އެމްޑީޕީގެ ރައީސް މަރުހަބާ ދެންނެވުން

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްވުމާ ގުޅިގެން އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި، މި ބިލަށް ވޯޓުދެއްވި ހުރިހާ މެންބަރުންނަށް ޝުކުރާއި މަރުހަބާ ދަންނަވަމެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމަކީ ޒަމާނީ އިޤްތިޞާދެއް ރައްޖޭގައި ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތަކަށްވީ ހިނދު، މި މަސައްކަތް ކާމިޔާބުވުމުގެ ކޮޅުމަތި ފެނިގެން ދިއުމަކީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެކެވެ. އަދި މިފަދަ ޓެކްސް ނިޒާމެއް ގާއިމްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެކަމުގެ ފައިދާ އިންތިހާ އަށް ކުރާނޭ ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އާންމު ރައްޔިތުންނާއި މުޅި ގައުމުގެ ތަރައްޤީއަށް ޖީއެސްޓީގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް އިތުރުވާ ފައިސާ ޚަރަދުކޮށް، ދިވެހި ރައްޔިތުންނަކީ ދުޅަހެޔޮ ވެއްޓެއްގައި އުފާވެރިކަމާ އެކު އުޅެމުން ގެންދާ ބަޔަކަށް ވާނޭ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.
އެހެން ކަމުން މި މުހިއްމު ބިލު ފާސްކޮށްދެއްވި ކަމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަށާއި ޕާލަމެންޓްރީ ގްރޫޕްގެ ހީވާގި މެންބަރުންނަށް އަދިވެސް އެއް ފަހަރު މަރުހަބާ ދަންނަވަމެވެ..