ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފަށްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސާކް ސަމިޓަށް ތައްޔާރު ކުރަމުންދާ ދަރުބާރުގެ މަސައްކަތްތަކާއި، ސަމިޓަށް ވަމުންދާ އެހެނިހެން ތައްޔާރީތައް ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫސިޓީއަށް މިކުރައްވާ ދަތުރުފުޅުގެ ރަސްމީ ބައި ނިންމެވުމަށްފަހު، އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއެކު މިޢީދުގެ ދުވަސްތައް، ނުރަސްމީ ޗުއްޓީ ދަތުރުފުޅެއްގެ ގޮތުގައި އައްޑުއަތޮޅުގައި ހޭދަކުރައްވާނެއެވެ.