ސާރކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އިބްރާހިމް ޙުސައިން ޒަކީ ފާހަގަކުރައްވައިފި

zaki

ސާރކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް، އަދި އެމްޑީޕީގެ ނައިބު ރައީސްކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އިބްރާހިމް ޙުސައިން ޒަކީ ފާހަގަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ، ސާރކްގެ ހަރަކާތްތަކާ ދޭތެރޭގައި ރާއްޖެ ދެކޭގޮތް ހާމަކުރައްވައި އެމް.އެން.ބީ.ސީ.އަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ.
ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އިބްރާހިމް ޙުސައިން ޒަކީ ދެއްކެވި ވާހަކަފުޅުގައި، ސާރކްގެ ކުރިމަގު ސިފަކުރައްވަމުން، ގިނަބަޔަކު ސާރކް ސިފަކުރަނީ އަބަދުވެސް ބައްދަލުވުންތަކެއް ބާއްވާ، ނަތީޖާއެއް ނުނެރެވޭ ޖަމާޢަތެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އަދި ސާރކަށް ލިބިފައިވާ މިނަން ފުހެލުމަށްޓަކައި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.