ފ.ދަނރަބޫދޫގެ ކަރަންޓްގެ ޙާލަތު ރަގަޅުކުރުމަށް އެރަށު އެމްޑީޕީ މެންބަރުން މަސައްކަތްކުރަމުން އެބަދޭ

ފަހަލަސަޢީދު

ފ.ދަނރަބޫދޫ ރައްޔިތުންގެ އިންޖީނުގެ ހުއްޓުމަކަށް އަންނަކަމުގެ ރަނގަބީލު ޖެހެންފެށުމާ ގުޅިގެން ދަނރަބޫދޫ އަށް ނިސްބަތްވާ އެމް.ޑީ.ޕީ. މެންބަރުންގެ މެދުގައި މަޝްވަރާތައް ފެށިގެން ކުރިޔަށް އެބަދާ ކަމުގައި ދަނރަބޫދޫ ގެ “އަނެއްދަރަނބޫދޫގޮފި” ގެރައީސް އުބައިދު ވިދާޅުވެއްޖެއެވެ.
އުބައިދު ވިދާޅުވީ ދަރަނބޫދޫ ރައްޔިތުންގެ އިންޖީނުގެއާ ޔުޓިލިޓީން ޙަވާލުނުވެއްޖެނަމަ އަންނަ ސެޕްޓެމްބަރު މަހު އެރަށު ރައްޔިތުން ތިބެންޖެހޭނީ ކަނުއަނދިރިކަމުގެ ތެރޭގައި ކަމަށެވެ. މިއީ ރައްޔިތުން އެދޭގޮތެއްނޫން ކަމަށާ ރައްޔިތުންގެ އިންޖީނުގެ ޔުޓިލިޓީޒް އާޙަވާލުކުރުމަށް ރައްޔިތުން އެދިފައިވާނެކަމަށް ވެސް އުބަދު ވިދާޅުވިއެވެ.
ދަރަނބޫދޫ އިންޖީނުގެ ހުއްޓުމަކަށް އަންނަން މިޖެހުނީ އިންޖީނުގެ ހިންގޭމިންވަރަށް ފައިސާ ނެތުމާ ގިނަފަރާތްތަކުން ބިލްތަކަށް ފައިސާ ނުދެއްކުމާ އިންޖީނުގެ ޔުޓިލިޓީޒް އާޙަވާލުކުރަން ނިންމާފައިވީނަމަވެސް އެފަރާތުން އިންޖީނުގެއާ ޙަވާލުވެފައިނުވާތީކަމުގައި އުބައިދު ވިދާޅުވިއެވެ. އަނެއްދަރަނބޫދޫ ގޮފީގެފަރާތުން މަޝްވަރާކުރަމުންދަނީ ސަރުކާރާ ވާހަކަދައްކައިގެން އިންޖީނުގެ މުޅިންހުއްޓުމުގެކުރިން އަލިމަގެއް ފެނޭތޯކަމަށާ ރަށުކައުންސިލާ ވެސް ވާހަކަދައްކަވާނޭ ކަމަށް އުބައިދު ވިދާޅުވިއެވެ. އެމް.ޑީ.ޕީ.ގެ އަނެއްދަރަނބޫދޫ ގޮފިންކަންބޮޑުވަނީ އަންނަމަހު އިންޖީނުހުއްޓުމަކަށް އަތުވެއްޖެނަމަ ރަށުގެ އެންމެހާރައްޔިތުންނަށް ކުރިމަތިވެގެންދާނޭ އިންސާނީ މުޞީބާތުގެމައްޗަށް ކަމުގާ ރައީސް އުބައިދު ފާހަގަކުރެއްވިއެވެ. އެމް.ޑީޕީގެ އަޣްލަބިއްޔަތު އޮންނަދަރަނބޫދޫ ރައްޔިތުން ޗަންދާ ދީގެން އިންޖީނުގެ ހިންގާފައިވާ ކަމަށާ ރަމަޟާން މަހު ގިނަމަސްވެރިން ޗުއްޓީ ހެދުމުގެ ސަބަބުން ފައިސާ ލިބޭމަގުތައް ބަންދުވެފައިވާތީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުއްވުން ވަރަށް މުހިންމުކަމުގައި ރައީސް އުބައިދު ވިދާޅުވިއެވެ.