މެންބަރުންގެ ޚިޔާލު: ރައީސް ނަޝީދަށް ސަރުކާރު ނުހިންގޭގޮތަށް ރޭވި ހުރިހާ ރޭވުން ނާކާމިޔާބުވެ އިދިކޮޅު ފަރާތްތައް ސިހިސިހި އެކަނިވެފަ!

21 އޮގަސްޓްގެ ލިޔުމާއި ގުޅޭ

ފަހަލަ

democracy-1

ރާއްޖޭގައި ދިގުލާ ދިޔަ އަނިޔާވެރި ވެރިކަން ކުރި މީހުންނަކީ އަނެއްކާވެސް ދިވެހި ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންގެ ބޮލަށް އެރެވޭތޯ މަސައްކަތް ކުރަމުން އަންނަ ބައެކެވެ. ކުރިން އެމީހުންނާއެކު އުޅުނު މީހުން ދުވަސްކޮޅަކަށް އެމީހުންނާ ގުޅުން ކެނޑީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ. މި ސަރުކާރުގެ ވެރިންނާ މިވެރިން ބައިޢަތުހިފީ ވަކިމަގުޞަދެއްގައެވެ. އެމަގްޞަދު ޙާޞިލްނުވުމުން އެއްކަލަ ބައިގަނޑާ ގުޅުނީއެވެ.
ރާއްޖެއަށް މަސްތުވާތަކެތި ތަޢާރުފްކޮށް ދިނީ އޭރުގެ ސަރުކާރުންނެވެ. ސްކޫލްކުދިން ލައްވާ ހުވާކުރުވާ އެކުދިންގެ ހިތްތަކުގައި މަސްތުވާ ތަކެތީގެ އޮށް އިންދައިދިނީ ވެސް އޭރުގެ ވެރިޔާއެވެ. ބޭނުމަކީ ހަރުދަނާ މޮޅު ޝަޚުޞެއް އުފެދިގެން އަޔަނުދިނުމެވެ. އެއްކަލަ މާދަމާގެ މުސްތަގްބަލް ބަނަކޮށް ވެރިކަމުގެ ހައިބަތު ވަރުގަދަކޮށް މޫލާފައިއޮތް ދަގަނޑުގެ ވެރިކަން ހުރިހާ ބާރުތަކާއެކު ދަގަނޑު މުށުތެރޭގައި މަރުދުވަހަށް ބޭއްވުމެވެ.
މިދެންނެވި ސޮއި، ސްކޫލްތަކުގެ ދަރިވަރުން ލައްވާ ކުރުވުމަށް ފަހު އެމަސްތުވާތަކެތި ބޭނުންކުރާ ގޮތަށް ދާންދެން ދަރިވަރުންނަށް ދަސްކޮށް ދީފައިވެއެވެ. އެއަށް ފަހު ކަނޑުގެ ޙުކުމް ދަސްކޮށްގެން އައިމީހަކަށް ބަންޑާރަނާއިބުކަން ދީގެން ހުރިހާ ޒުވާނުން ޖަލުތަކުގައި އަބަދު ތިބޭގޮތަށް ރާއްޖޭގެ ގާނޫނުތައް ފަރުމާކޮށް މުޅިޒުވާން ޖަނަރޭޝަން ޚަރާބުގެ ތެރެއަށް ގަންބާލާފައިވެއެވެ. ރާއްޖޭން ބޭރުގައި އެއްވެސް ދިވެއްސަކަށް ސަރުކާރުގެ ޚަރަދުގައި ޕޮލިޓިކަލް ސައިންސް ކިޔަވައެއް ނުދެއެވެ. މީވެސް ވެރިކަން ކުރާނެ މީހަކު އުފެދުނަ ނުދިނުމަށް ޓަކާ ޑިކްޓޭޓަރ ކޮށްފައިހުރި ކަންކަމެވެ. ވެރިކަން ނިމިގެން ދިޔައިރު ހުކުރަށް ނުދާ ޝޭޚު އެއްޖިންސުންގުޅުން ހިންގުމުންލިބޭ ޢަޒާބުގެ ވާހަކަޔާ، ނަރަކައިގެ ވާހަކަޔާ އަނބިންނާ ފިރިންގެ ޙައްގުތަކާ ބެހޭ ވާހަކަ ފަދަ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ރައްޔިތުން އެއްވެސް ރޮނގަކުން ހޭލުންތެރިވެދާނެ ފަދަ ވާހަކައެއް ނުދައްކައެވެ. މިރާއްޖޭ ޚިޞާރުކުރި އިރު މިރާއްޖޭގައި އޮތް އަމާންކަމާ ރައްޔިތުންގެ މެދުގައިއޮތް އެކުވެރިކަމާ ސުލްޙަވެރިކަން، ވެރިކަން ލިބުމާއެކު ނަގާލިއެވެ. ކުރިން ވެރިކަންކުރި މީހުން ކިސަޑުގައި ދަމާ ހުތުރުބަހުން އެއްޗެހިގޮވާ ޖަލުތަކަށް ލާ ރައްޔިތުންގެ މެދުގައި ބޮޑުވެގެންވާ ހައިޖާނެއް އުފެއްދިއެވެ. ސަރުކާރެއް އޮންނަކަން ފިޔަވާ ރައްޔިތުންނަށް އެނގޭ އެއްވެސް ކަމެއްނެތެވެ. އަދި ސަރުކާރުން ކޮންމެފަދަ ގޯސްކަމެއް ކުރިއަސް އެވާހަކަ ސިއްރިޔާތުގައި ދެއްކުމަކީ ވެސް ފަޅާއަރައިފި ނަމަ ޖަލުގައި އޮވެ މަރުވާންޖެހޭ ވަރުގެކަމެކެވެ. ވެރިން ކޮންމެފަދަ ކަމެއް ވެސް ކުރަންވީއެވެ. މީހެއްގެ އަނބިމީހާ ދަމައިގަތަސް ބުނެވޭނެއެއްޗެއް ނެތިގެން ރައްޔިތުން ރުއިރުއިން ކޮބާހެއްޔެވެ. ޒުވާން ފިރިމީހާ ޖަލަށް ލާފައި ޒުވާންއަނބިމީހާގެ ޢިއްފަތަށް އަރައިގެންފައިވަނީ ކިތައް މީހުންގެ ހެއްޔެވެ. އެފަދަ އަނިޔާވެރިންނަށް ސަނާކިޔާނީ ހަމަ އޭގެ މީހުން ކަމާމެދަކު ޝައްކެތް ނެތެވެ. މިހުރިހާ ބާރުތަކާ ވެރިކަމާ ވެރިކަމުގެ ފަރާތުން ރައްޔިތުން އަޅުވެތި ކުރުވި ބާރާއި ނުފޫޒްތަކުން މިގައުމު ސަލާމަތްކޮށްދިން ފަރާތާމެދު އެވެރިން ރުޅިއަންނާނޭ މިންވަރު ބުނާނެކަމެއް ނެތެއް ނޫންހެއްޔެވެ. އޮޅުދޫ ކަރައިން ސިހުރުވެރިޔަކު މާލެ ގެނެސް ވެރިކަމަށް ކިޔަވާފައިވާ ކަމަށް ވެސް ބުނެތެވެ. “ޖަރާސީމު” ކަހަލަ ޝިރުކަށް ލޯބިކުރާ އޭރުގެ ވެރިޔާއަކީ ވަލީވެރިޔަކަށް ހަދަން އެދެވެރިން ކުރިމަސައްކަތް ކާމިޔާބުނުވީ ރައްޔިތުންގެ އަނގައިގާ ލާފައިހުރިތަޅު ތައް މިހާރުގެ ރައީސް ކީހާލުމުގެ ސަބަބުންނެވެ. މާލޭގެ މެދުގައި ދިދަވެސް ޖެއްސެވެ. އަލިފާން ޖެއްސަސް ވެރިކަމެއް ދެނެއް ނުލިބޭނެއެވެ. އެވެރިންގެ ގުންޑާއިންނަށް ދެންވާ ގޮތް ބަލަން ތިބޭށެވެ. ސަރުކާރަށް ދޫކޮށްލައިގެން ދުވަސްކޮޅަކު ރައްޔިތުން ތިބެފީމެވެ. މާލޭގައި ދެން އެކަހަލަ ދަށުދަރަޖައިގެ ޢަމަލެއް ހިންގައިފިނަމަ، ބެއްޔާ ހަވަރަށް ދޭން ރައްޔިތުން ތިބީ ތައްޔާރުގައެވެ. މިއީ ކިހާވަރުގަދަ ވަބާއެއްތޯއެވެ. މި ކިނބި ހިނި ނޫނީ ދުނިޔޭގައިވެރިކަން ގެއްލިފައި ވާމީހުންނެތީހެއްޔެވެ. ވެރިކަން ގެއްލުމުން އެހެންގައުމުތަކުގައި އެވާގޮތަށް ނުވާތީ ތެޅިބާލަނީ ތާއެވެ. މިކަލޭގެ ކޯމާއަކަށް ނުގޮސް މަތަވާނެބާއެވެ. ހަމަޔަގީނުންވެސް ފެންނަމުން އަންނަ މަންޒަރުތަކަށް ބަލާއިރު މިބޭވެސް ތަނުގައި ވިއްސަކަށް އަހަރު އޮވެ ވޭނީ ހިތާމަތަކާ ވޭނީ އަސަރުތަކަށް ފަހުނޫނީ މަރެއްނުވާނެއެވެ.

ނުނިމޭ …