ރައީސުލްޖުމްހޫރިއްޔާ މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީކަމަށް ޔޫޝައު އައްޔަންކުރައްވައިފި

yooshau

މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ، ގދ. ތިނަދޫ އަބުހަރީގޭ މުޙަންމަދު ޔޫޝަޢު ޢައްޔަން ކުރައްވައިފިއެވެ.

ޔޫޝަޢު ވަނީ ކުރިން ނޫސްވެރިއެއްގެ ގޮތުން ވެސް ޙަރަކާތްތެރިވެލައްވާފައެވެ. އެ ގޮތުން ރާއްޖޭގެ ބައެއް މަޝްހޫރު ނޫސްތަކުގެ ތިނަދޫ ކަރަސްޕޮންޑެންޓެއްގެ ގޮތުން އޭނާ މަސައްކަތްކުރައްވާފައިވެއެވެ. މީގެ އިތުރުން ޔޫޝައު އަކީ އިސްލާޙީ ޙަރަކާތުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.