ފޮޓޯ: އިޤްތިޞާދީ ލީފްލެޓް ބެހުން .. 21 އޮގަސްޓް 2011

ފޮޓޯ: އަނދާ

ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ބޭއްވި މި ޙަރަކާތުގައި ލީފްލެޓް ބެއްސެވުމުގެ އިތުރުން އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެސަރަހައްދުގައި ބައެއް އާންމުންނާ ބައްދަލުކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓެކްސް ބިލްތަކާއި، އިޤްތިޞާދީ އިސްލާޙީ އެޖެންޑާ އާއި ބެހޭ މައުލޫމާތު އެފަރާތްތަކަށް ދެއްވިއެވެ.
މި ޙަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންނާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.