ކެންބަރާގައި ކިޔަވަން ތިބި ދިވެހި ކުދިންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައިފި

3 ޖޫން 2010

ކެންބަރާގައި ކިޔަވަން ތިބި ދިވެހި ކުދިންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
އޮސްޓްރޭލިޔަން ނޭޝަނަލް ޔުނިވަރސިޓީގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކުދިންނާ ބައްދަލުކޮށްލެއްވުމަކީ އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކުދިންނަށް ލިބިފައިމިވާ ފުރްޞަތުގެ ބޭނުން ރަނގަޅަށް ހިފުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ކަމުގައިވިޔަސް، ރާއްޖޭގެ ކަންތައްތަކަށް ޝައުޤުވެރިކަން ބެހެއްޓުމަށާއި، ރާއްޖެއަށް އަންނަމުންދާ އެކިއެކި ބަދަލުތަކާ ދޭތެރޭގައި އެކުދިން ޚިޔާލު ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ކެންބަރާގައި ކިޔަވަން ތިބި ދިވެހި ކުދިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށްފަހު، އޮސްޓްރޭލިޔަން ނޭޝަނަލް ޔުނިވަރސިޓީގައި ހުރި އެކިއެކި ދިރާސާތައް ކުރަމުންނާ ސެންޓަރުތައް ބައްލަވާލެއްވިއެވެ.
އެއަށްފަހު، އޮސްޓްރޭލިއާގެ ވޯ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި 1914-1918އަށް ކުރި ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގައި ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ މީހެއްގެ މަޤްބަރާގައި މާބޮނޑިއެއް ބޭއްވެވިއެވެ.