މެންބަރުންގެ ޚިޔާލު: ރައީސް ނަޝީދަށް ސަރުކާރު ނުހިންގޭގޮތަށް ރޭވި ހުރިހާރޭވުން ނާކާމިޔާބުވެ އިދިކޮޅު ފަރާތްތައް ސިހިސިހި އެކަނިވެފަ!

ފަހަލަ

democracy-1

ރާއްޖޭގައި ކުރަމުން އައި އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމުގައި ހުންނެވި ފަރާތަށް ރައްޔިތުން ގޮވަމުން ދިޔައީ މަނިކުފާނަށް ވަރަށް ދިގު މުއްދަތެއްގައި ވެރިކަން ކުރުމުގެ ފުރުޞަތު ދެވިއްޖެކަމަށާ، މަނިކުފާނު މިރާއްޖޭގެ ވެރިކަން ހިންގާފައިވަނީ މިގަރުނުގައި ދުނިޔެދުށް އެންމެ ފުދުންތެރި ދުވަސްވަރުގައި ކަމަށާ ނަމަވެސް މިފަދަ ކުޑައާބާދީއެއް އޮތް މިރާއްޖޭގެ ވެރިކަމާ އެމަނިކުފާނު ޙަވާލުވެލެއްވިއިރަށް ވުރެ ރައްޔިތުންނަށް ދިނުމަށް ގާނޫނުއަސާސީއިން ލާޒިމްކުރާ އެންމެހައި އަސާސީ ޚިދުމަތުގެފެންވަރު އެތައް ދައުރެއް ނިމިގެންދިޔައިރު އެކަށީގެންވާ ވަރަށް ތަރައްޤީކުރެވިފައި ނުވާ ކަމަށެވެ. އަދި ގައުމުގެ ޒުވާން ޖީލެއް ފަނާވެގެން ދިއުމުގެ ޒިންމާ ނެންގެވުމަށާއި، އެވެރިކަން ފެށުނު އިރު ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާފައިވަނީ މަސްތުވާތަކެތި ބޭނުކުރާ ސާޅީހަކަށް މީހުންކަމަށާއި، ގައުމަށް އިޚުލާސްތެރިވި ނަމަ އެޢަދަދު ބޮޑުވެގެން ނުދާނެކަމަށް ރައްޔިތުން ގޮވިއެވެ. މަރުދުވަހަށް ވެރިކަން ކުރަން ނިންމައިގެން ހުންނެވި އޭރުގެ ރައީސަކީ ވަރަށް އަނިޔާވެރި، ރޭވުންތައް ރާވާ ދައުލަތުގެ އެންމެހައި ބާރުތައް އަތްދަށުލެއްވި ވަރަށް ޚުދުމުޚުތާރު ރައީސެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި، ސަރުކާރުން ކޮންމެފަދަ ގޯސްކަމެއް ކުރިޔަސް އަދި ދައުލަތުގެ ފައިސާ ހިތުހުރިގޮތެއް ހެދިޔަސް ރައްޔިތަކަށް އެކަމާމެދު އެއްވެސް ފާޑެއް ނުކިޔޭނެއެވެ. ނަމަވެސް ރައްޔިތުންގެ ވެރިކަމެއްކަމުގައި ވިދާޅުވަމުންދިޔައެވެ. ރައީސްކަމުގެ ދުވަސްވަރު އެމަނިކުފާނު ކޮންމެވާހަކައެއް ދެއްކެވިއަސް ރައްޔިތުންނަށް ޖެހޭނީ އަތްތިލަބަޑިޖަހާށެވެ. ދައުލަތަށް ލިބޭވަރެއް ކުރާޚަރަދެއް ކުރާވައްކަމެއްގެ ވާހަކަ ދެއްކުމަކީ ބޮޑުމަނާކަމެކެވެ. އޭރު ސަރުކާރަކީ އެމަނިކުފާނުގެ ޢާއިލީ ތަރިކައެކެވެ. ދައުލަތަށް ލިބޭ އެންމެހައި އާމްދަނީ ޚަރަދުވެގެންދަނީ މައުމޫނުގެ ޢާއިލާ އަށާ އެކުވެރިންނަށެވެ. ސަރުކާރުގައި ތިބޭނީ އެމަނިކުފާނަށް ސަނާކިޔާ މީހުންނެވެ. ޝަރީޢަތްކުރާ ބާރާ ގާނޫނުހަދާ ބާރު އޮތީ ވެރިމީހާގެ މުށުތެރޭގައެވެ. އިލާހުވަންތަކަމަށް ދަޢުވާކުރަމުންދިޔަ އެ ވެރިކަމުގެ ނިމުން އައިހިނދު، ވެރިކަންދޫނުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރިއެވެ. އަދި ވެރިކަން ގެއްލޭނެކަން ޔަގީންވުމުން، ދަރާވިކިފައިއޮތް މިރާއްޖޭގެ ބޭންކްތަކުގައި ހުރިއްޔާ ހުރި ހުރިހާ ފައިސާއެއް ވަނީ ލޯނުގެގޮތުގައި ސަރުކާރަށް ނަގާ ހެދިގޮތެއްހަދާފައެވެ. ބައިތުލްމާލަކު އެއްޗެއްނެތެވެ. ހުރީ ބޭރަށް ނުދައްކާ ބަހައްޓާފައިހުރި ކުޑަ ފައިސާކޮޅެކެވެ. އެއިންވެސް ވަނީ ބައެއް ނަގާފައެވެ. ސަރުކާރުގެ ކުންފުންޏެއް ހުރީވިއްޔާ އެތަނެއްގައި ހުރި ހުރިހާ ފައިސާއެއް ވަނީ ވެރިކަންހޯދުމަށް ތަޅާބާލާފައެވެ. ވެރިކަން ގެއްލިދާނެހެންހީވި ހިސާބުން ސަރުކާރު ދޮވެލީއެވެ.
ވެރިކަމަށް އެހެން ބަޔަކު ފައިނެގީމާ، އެހިސާބުން ނުވަދިހަ އެތައް މިސްކިތަކާ އެތައް ބަނދަރަކާއި، އެތައް އެއަރޕޯޓު އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުވަން ފެއްޓިއެވެ. މިއިން އެއްވެސް މަޝްރޫޢަކަށް ދޭނޭ ބައިރުފިޔާއެއް ވެސް ބާއްވާފައެއްނެތެވެ. އެކަމަކުވެސް އަލަށް އަންނަ ސަރުކާރު އަވަހަށް ވެއްޓި އަނެއްކާވެސް ވެރިކަން ލިބޭނެކަމުގެ ހުވަފެން ދެކި މިދެންނެވި ހުރިހާ މަޝްރޫޢްތައް ދިޔައީ ލޯންޗްކުރަމުންނެވެ. ހުރިހާމަސައްކަތް ނިމުނީ އާވެރިކަންފެށުނު ތަނާއެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ. ގައުމުއޮތީ ބޭރަށް ދަރުވާފައިއެވެ. ރާއްޖޭގެ ބޭންކްތައް އޮތީ ބަނގުރޫޓްވާ ހިސާބުގައެވެ.
ވެރިކަން ބަދަލުވި އިރެކޭ އެއްގޮތަށް ދައުލަތުގެ ދެބާރު ކޮންޓްރޯލުކުރަނީ އިއްޔެއާ ހަމަޔަށް ކުރީގެ ރައީސެވެ. ސަރުކާރުން ރައްޔިތަކަށް އެހީއެއްދޭން މިޖެހެނީ އިދިކޮޅުފަރާތްތަކާ ހަނގުރާމަކޮށްގެންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަދި، މިވަރުންނިމުނީއެއްނޫނެވެ. ކުރިން ތިބި ރޮބަރޓް ގާޟީން ލައްވާ ވަގުހުވައިކުރުވާ ހަމައެވެރިން އެމަގާމުތަކުގައި ޢުމުރުދުވަހަށް ތިބެވޭނޭ ރޭވުމެއް އޭރުހުރި ވަގުތީ ބޮޑު ފަނޑިޔާރާގުޅިގެން ވަނީރާވާފައެވެ. މިޕްރޮގްރާމުގެ ދަށުން މަޖިލިސްގެ ސަލާމަތީ ކޮމެޓީއަށް އިދިކޮޅު މެންބަރުންތަކެއް ވަގަށް ގެންގޮސްގެން ހުވާކުރުވާ ރައީސުލްޖުމްހޫރިއްޔާ ޢަޒަލްކުރަން ވަނީއުޅެފައެވެ.
ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތި، ވެރިކަން ވައްޓާލުމަށްޓަކާ މިހާތަނަށް އެތައް ސަތޭކަ ދަންތުރަ ޖަހައިފިއެވެ. މިއިން ކޮންމެ ދަންތުރައެއްގާ ވެސް ޖެހެނީ ހަމަ އެވެރިންނެވެ. ރައްޔިތުންހަނާވަނީ ތަކެތީގެއަގުމަތިވަނީ އޭ ޔައިގެން ވެސް ސަރުކާރުވައްޓާލަން ނުކުތެވެ. ބައިވެރިން ޑިމާންޑުކުރީ ކޮންކަމަކާތޯއެވެ ކާބޯތަކެތީގެވާހަކައެއް ނުދައްކައެވެ. މުޒާހަރާކުރިމީހުން ގޮވަނީ އިސްތިއުފާ އެވެ. މިއީރައްޔިތުންނުވެގެންއުޅޭކަމެއްތޯއެވެ. އަނެއްކާ ވެސް ގިނަމީހުންތިބީ ކޮންކޮޅެއްގައިކަން 2013ގައި ފެންނާނެއެވެ.
ދިގު އަހުރުގެވެރިކަމެއް ނިންމާލިއިރު ތިމާގެ ބޮޑު ފިރިހެން ދަރިން ތިބީ ހަވާގައެވެ. ނުކިޔެވިއެވެ. މިއިން ދަރިޔަކު ވެރިކަމަށް ތައްޔާރުނުކުރީ ވެސް ދުނިޔޭގައިހުރެ އެހެންމީހަކަށް ވެރިކަންދޭން ބޭނުންނުވާތީއެވެ. ދަރިފުޅު އިނގިރޭސިވިލާތުގައި ހިންގި ކަންކަންވެސް ފަޅާއަރާނެއެވެ.
ވެރިކަން ފެށުނުއިރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ހިސާބުތަކުންދައްކާފައި ވަނީ އެންމެ ސާޅީސް މީހުންނެވެ. ރައްޔިތުން މައުމޫނު ބޭލިއިރު އޭނާގެ ވެރިކަމުގައި އުފެދުނު ޒުވާން ޖީލެއް އޮތީ ފަނާކޮށް ނިންމާފައެވެ.
ދުނިޔޭގެ ކޮންމެތަނެއްގައި ވެސް ޕާޓީސިސްޓަމެއް އުފެދިއްޖެނަމަ ރައީސް މަގާމުން އިސްތިއުފާ ދެއްވައެވެ. އެއަށްފަހު މެނުވީ އަމިއްލަ ޕާޓީ ނުހަދައެވެ. ނަވެސް ވެރިކަންދޫނުކޮށް ޕާޓީއެއްހަދައިގެން ސިޔާސީ ނުފޫޒު ފޯރުވާ ގިނަބަޔަކު އެޕާޓީއަށް ވަނުމަށް މަޖުބޫރުކުރުވާފައިވެއެވެ. މިރާއްޖޭގައި ގަތުލުޢާންމުވީ އެ ވެރިކަމުގައެވެ ގޭންގް އުފެދި ކަޓަރުއެޅުމާއި ފޭރުމާ މީހުންމެރުން ޢާންމުވެގެން ދިޔައީވެސް ހުކުރަށް ނުދުރުވާ އެ ޝޭޚުގެ ވެރިކަމުގައެވެ….

ނުނިމޭ