ދިވެހީންގެ ދޫތަކުގައި ވެރިކަމުގެ ފަރާތުން އެޅުވި ތަޅުތައް ނައްޓުވައި ދެއްވީ ރައީސް ނަޝީދެވެ.

ފުނަމާ

ދިވެހީންނަކީ ތާރީޚު އެނގޭން ފެށީއްސުރެ ވަރަށް އެކުވެރި އެއްބައިވަންތަ ބައެއް ކަމުގައި ލިޔެވި ފެންނާން އެބައޮތެވެ. ޚޮދު އަޅުގަނޑުމެން މިއަދުވެސް މިކަމާ އިދިކޮޅު ހެދުމަކަށް ބޭނުމެއް ނޫނެވެ. މިއީ ހަގީގަތެއް ކަމުގައި ވުމަކީ ބޭނުން އެހާމެ ހިތްއެދޭ ކަމެއްވެސް މެއެވެ. އެހެންނަމަވެސް ކަންއޮތީ ހަމަ މިހެންތޯ ބަލާލުމުން ހާމަވަނީ މުޅީން އެހެން ހަގީގަތެކެވެ.
ބައެއްގެ ނުވަތަ އިންސާނެއްގެ އެންމެ މުހިންމު އެކައްޗަކީ އޭނާގެ ނުވަތަ އެބައެއްގެ އަގީދާއެވެ. ދީނެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް އެންމެ ރަނގަޅު ކަމުގައި ގަބޫލުކުރެވޭ ގޮތަކަށް އެބައެއްގެ ދީނޭ ކިޔައިގެން އުޅެމުން ގެންދާކަމީ ހަގީގަތެކެވެ. އިލްމުވެރިވެގެން ހިލްމު ވެރިވެގެން އުޅޭމީހުންނަކީ އެންމެ ތަންދޮރު އޮޅުންފިލާފައި ތިބި މީހުންނޭ އެމީހުން އުޅޭނީ އެންމެ ރަނގަޅު ގޮތަށޭ ބުނެ ގަބޫލުކުރާނަމަ ދުނިޔޭގައި މިތިބަ އިލްމުވެރީންނޭ ކިޔާމީހުން އެކިދީންތަކަށް އެއުޅެނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މިކަމުން އެނގިހާމަވާ ކަމަކީ އިންސާނާގެ ރޫޙާނީ އަގީދާއާއި ދުނިޔެވީ އިލްމަކާ މާކަބޮޑު ގުޅުމެއް ނެތްކަމެވެ. ވަކިޢިލްމަކަށް ކުރިއަރައިފައި ވުމަކީ އޭނާގެ ދެންހުރި އެހެން ހުރިހައި ކަމެއް އަނެކުންނާއި އެއްގޮތްވާން ޖެހޭ ކަމެއްކަމުގައި ވާންނުޖެހޭކަން މިކަމުން އެބަހާމަވެއެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. ނަމަވެސް މިދީނުގެ ތެދުމަގު ލިބިގެންވަނީ ކަލާނގެ ރަޚުމަތްފުޅުން އެކަން މިންވަރު ކުރެއްވި މީހަކަށެވެ.
ދިވެހީންނަކީ މީގެ އެތައް ގަރުނެއްގެ ކުރީގައި ތަފާތު އެތަކެއް ޚުރާފާތްތަކަށް އަޅުކަންކޮށް އުޅުނު ބަޔެކެވެ. އެއިރެއްގައި ގައުމުގެ ވެރީން ގަބޫލުކުރާ ދީނަކަށް އެންމެން ތަބާވެގެން އުޅޭކަން އެނގޭއިރު ދިވެހިރާއްޖޭގެ ރަށްތައް މިހުރިގޮތާއި އެޒަމާނުގެ ދަތުރުފަތުރާއި މުއާސަލާތީ ގުޅުން އޮންނާނެ ގޮތާއިމެދު ވިސްނާލުމުން މިކަން މިހެން އޮންނާންޖެހެނީ ކީއްވެގެންތޯ ބަލާލުމުން އެނގިގެންދަނީ ދިވެހި ރައްޔިތުންނަކީ މިގައުމުގެ ވެރީންގެ ދަށުގައި ފިތި ހަފުސްވެ އެމީހުންގެ އެންމެހާ ކަންކަން އެވެރީން އެދޭހާ ގޮތަކަށް ބަހައްޓައިގެން އުޅޭންޖެހޭ، މަޖުބޫެރުވެފައިވާ ބައެއް ކަމެވެ. ރާއްޖެ އިސްލާމްވެގެން ދިޔަގޮތާއިގުޅޭގޮތުން ކިޔެވޭ ފޯކުލޯރުތަކުންނާއި މިނޫންވެސް ވާހަކަތަކަށް ބަލާލާއިރު އެނގޭން އޮތީ ކޮންމެވެސް މުހިންމު ހާދިސާއަކާއި ގުޅިގެން ރާއްޖޭގެ ރަސްކަމުގައި އެއިރު ހުންނެވި ރަސްގެ އިސްލާމްވެ ވަޑައިގަތުމާއިއެކު މުޅިރާއްޖޭގެ ރައްޔިތުންނަށް އެމީހުން ކުރީންއުޅެމުންއައި ދީން ބަދަލުކުރާން މަޖުބޫރުވިކަމެވެ. އަދި ރަދުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެވިފައިވާ ކަންވެސް އެނގޭން އެބައޮތެވެ. މިގޮތުން ދެކެވޭ ވާހަކަތަކަށް ހެކިލިއްބައިދޭ އަސަރުތައް މިއަދުވެސް ފ. ނިލަންދޫއިން ފެންނާން އެބަހުއްޓެވެ. އިސްލާމްދީން އައުމަށްފަހުވެސް ރާއްޖޭގެ ބައެއްވެރީން އެމީހުންގެ އަމިއްލަ މަސްލަހަތަށް ޓަކައި ދިވެހީންގެ ދީން ބަދަލުކުރުވާން ބާރުއަޅައި މިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަންވެސް ގެއްލިގެން ގޮސްފައިވާކަން އެނގޭން އެބައޮތެވެ. ނަމަވެސް މިއަދާ ހަމަޔަށް ކޮންމެ ގޮތެއްގައި ނަމަވެސް އިސްލާމްދީން މިގައުމުގައި ދެމިއޮތްކަމީ އަޅުގަނޑުމެން އެންމެން އެކަމާ އިންތިހާއަށް ޝުކުރުކޮށް އުފާކުރަކަމެކެވެ. ތަފާތު އެކި ދީންތަކުގެ އަހުލުވެރީން އެކުގައި އުޅެމުންގެންދާ ގައުމުތަކުގައި އެހުންނަފަދަ ބައެއް މައްސަލަތަކެއް މިގައުމަކު ނެތެވެ. އެހެނަސް އިސްލާމްދީނާ ޚިލާފު ކިތަންމެ ކަންކަމެއް މިގައުމުގައި މިވަނީ މޫލާފައެވެ. މިކަމުގެ ޒިންމާ އުފުލާނީ ކޮންބައެއް ކަމާމެދު ސުވާލު އުފައްދާވެސް މެއެވެ. ނަމަވެސް އެނގޭ އެންމެބޮޑު ހަގީގަތަކީ ދިވެހީންނަކީ މިއަދާ ހަމަޔަށްވެސް ވެރިކަމުގައި ތިބިބައެއްގެ ބަހާއިދިކޮޅު ހެދުމުގެ މާބޮޑުބާރެއް އަމުދުން ނެތި ވެރީން އެންގުމުން އެއެންގި ކަމެއް ކޮށްލައިގެން އެންގިގޮތަކަށް އުޅެމުން އައިސްފައިވާ ބައެއްކަމެވެ. ތެދުތެދަށް ދަންނަވާނަމަ މިހާތަނަށް ދިވެހީންގެ އެއްވެސް ކަމެއްގައި ވެރިކަމުގައި ތިބިބަޔަކު އެކަށައަޅާ އެއްވެސް ސިޔާސަތަކާ އިދިކޮޅަށް ބަސްބުނެ އުޅުމުގެ ހައްގެއް ދިވެހީންނަށް ދީފައިނެތުމާއި އެކު، މިކަމުގެ ފައިދާ ނަގައިގެން ވެރީން އަބަދުވެސް ބުނަމުން ގެންދަނީ ބަސްހުއްޓިފައި ތިބި ދިވެހީންނަކީ އެއްބައިވަންތަ އެކުވެރި ވެރީންދެކެ މާލޯތްބެއްވާ ކިޔަމަންތެރި ބައެއްކަމުގައެވެ. މިހެންބުނާތަނެއްގައި ނޫން ބަހެއް ބުނެފާނެހެން ހީވާމީހެއް ކަމުގައި ޝައްކުވާ ކޮންމެމީހަކު މާކުރިޔާލައި ހުރަގޭގައި ހައްޔަރުކޮށް ނައްތާލެވެއެވެ. ނޫނީ ދުލުގައި ތަޅުއަޅުވައެވެ. މިކަންފެނި ބިރުން ދެންތިބި އެންމެން ތިބެނީ އަމިއްލައަށް ތިމާމެންގެ ދުލުގައި ތަޅުއަޅުވައި އޭގެ ތަޅުދަނޑިތައް ވެރީންނަށް ވެދުންކޮށްގެންނެވެ.
ނަމަވެސް ދިވެހީންގެ މިޝަގާފަތް ނައްތާލައި ދުލާއި ގަލަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދަވައި ދެއްވުމަށް ފިސާރިކެރިގެން ނުކުންނެވި ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ކުރެއްވި މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެކަން މިވަނީ މިގައުމުގައި ބަދަލުކޮށްފައެވެ. މިއަދު މިގައުމުގެ ކޮންމެ މީހަކު އޭނާގެ ކޮންމެ ކަމަކާ ކޮންމެ ހައްގަކާ ގުޅިގެން ދައްކާންވީ ކޮންމެ ވާހަކައެއް އެގެންދަނީ ދައްކަމުން ޚިޔާލުފާޅު ކުރަމުން، ލިޔަމުންނެވެ. ނަމަވެސް މިއަދުވެސް ކުރީގެ ޝަގާފަތުގެ ގޮތްގަނޑު ނައްތާލުމާއި އިދިކޮޅު ފަރާތްތަކުން އެގެންދަނީ މިކަންމުޅީން އޮޅުވާލައި އަސްލު އޮޅުވާލަމުންނެވެ. އެހެނަސް އަޅުގަނޑުމެންގެ ލޮބުވެތި ލީޑަރ އަދި ރައީސް ނަޝީދު ފިސާރި ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއި ، ކެތްތެރިކަމާއިއެކު ދިވެހީންގެ ދޫތަކުގައި ކުރީގެވެރިކަމުގެ ނިޒާމުގެ ތެރެއިން އަޅުވާފައިވާ ބޮޑުތަޅު މިވަނީ ނައްޓުވާ ދެއްވާފައެވެ. މިކަން ދެން ބަދަލުކުރުމަކީ ދިވެހިރާއްޖޭގައި ވެރިކަމާ ހަވާލުވާ އެއްވެސް ބަޔަކަށް ދެންކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އޭގައިވެސް ހައްދެއް ހުދޫދެއް އޮންނާނެ ކަމެއްކަމާއި އަޅުގަނޑުމެންގެ މިގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމާއި އަޅުގަނޑުމެން އެމައްޗަށް އަމަލުކުރަމުން ގެންދާ ގާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް މިކަންކުރުމަކީ އަނެއްކާވެސް އެއަޅުވެތި މާޟީއަށް އެނބުރި ރުޖޫޢަވެ ދިއުމަށް އަޅުގަނޑުމެން ނޭދޭނަމަ ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. މިކަން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ނުވިސްނައި ދޫކޮށްލައިގެން ނުވާނެއެވެ.
ދިވެހީންގެ ދޫތަކުގައި ވެރިކަމުގެ ފަރާތުން އެޅުވި ތަޅުތައް ނައްޓުވައި ދެއްވީ ރައީސް ނަޝީދެވެ. ފުނަމާ. ދިވެހީންނަކީ ތާރީޚު އެނގޭން ފެށީއްސުރެ ވަރަށް އެކުވެރި އެއްބައިވަންތަ ބައެއް ކަމުގައި ލިޔެވި ފެންނާން އެބައޮތެވެ. ޚޮދު އަޅުގަނޑުމެން މިއަދުވެސް މިކަމާ އިދިކޮޅު ހެދުމަކަށް ބޭނުމެއް ނޫނެވެ. މިއީ ހަގީގަތެއް ކަމުގައި ވުމަކީ ބޭނުން އެހާމެ ހިތްއެދޭ ކަމެއްވެސް މެއެވެ. އެހެންނަމަވެސް ކަންއޮތީ ހަމަ މިހެންތޯ ބަލާލުމުން ހާމަވަނީ މުޅީން އެހެން ހަގީގަތެކެވެ. ބައެއްގެ ނުވަތަ އިންސާނެއްގެ އެންމެ މުހިންމު އެކައްޗަކީ އޭނާގެ ނުވަތަ އެބައެއްގެ އަގީދާއެވެ. ދީނެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް އެންމެ ރަނގަޅު ކަމުގައި ގަބޫލުކުރެވޭ ގޮތަކަށް އެބައެއްގެ ދީނޭ ކިޔައިގެން އުޅެމުން ގެންދާކަމީ ހަގީގަތެކެވެ. އިލްމުވެރިވެގެން ހިލްމު ވެރިވެގެން އުޅޭމީހުންނަކީ އެންމެ ތަންދޮރު އޮޅުންފިލާފައި ތިބި މީހުންނޭ އެމީހުން އުޅޭނީ އެންމެ ރަނގަޅު ގޮތަށޭ ބުނެ ގަބޫލުކުރާނަމަ ދުނިޔޭގައި މިތިބަ އިލްމުވެރީންނޭ ކިޔާމީހުން އެކިދީންތަކަށް އެއުޅެނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މިކަމުން އެނގިހާމަވާ ކަމަކީ އިންސާނާގެ ރޫޙާނީ އަގީދާއާއި ދުނިޔެވީ އިލްމަކާ މާކަބޮޑު ގުޅުމެއް ނެތްކަމެވެ. ވަކިޢިލްމަކަށް ކުރިއަރައިފައި ވުމަކީ އޭނާގެ ދެންހުރި އެހެން ހުރިހައި ކަމެއް އަނެކުންނާއި އެއްގޮތްވާން ޖެހޭ ކަމެއްކަމުގައި ވާންނުޖެހޭކަން މިކަމުން އެބަހާމަވެއެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. ނަމަވެސް މިދީނުގެ ތެދުމަގު ލިބިގެންވަނީ ކަލާނގެ ރަޚުމަތްފުޅުން އެކަން މިންވަރު ކުރެއްވި މީހަކަށެވެ. ދިވެހީންނަކީ މީގެ އެތައް ގަރުނެއްގެ ކުރީގައި ތަފާތު އެތަކެއް ޚުރާފާތްތަކަށް އަޅުކަންކޮށް އުޅުނު ބަޔެކެވެ. އެއިރެއްގައި ގައުމުގެ ވެރީން ގަބޫލުކުރާ ދީނަކަށް އެންމެން ތަބާވެގެން އުޅޭކަން އެނގޭއިރު ދިވެހިރާއްޖޭގެ ރަށްތައް މިހުރިގޮތާއި އެޒަމާނުގެ ދަތުރުފަތުރާއި މުއާސަލާތީ ގުޅުން އޮންނާނެ ގޮތާއިމެދު ވިސްނާލުމުން މިކަން މިހެން އޮންނާންޖެހެނީ ކީއްވެގެންތޯ ބަލާލުމުން އެނގިގެންދަނީ ދިވެހި ރައްޔިތުންނަކީ މިގައުމުގެ ވެރީންގެ ދަށުގައި ފިތި ހަފުސްވެ އެމީހުންގެ އެންމެހާ ކަންކަން އެވެރީން އެދޭހާ ގޮތަކަށް ބަހައްޓައިގެން އުޅޭންޖެހޭ، މަޖުބޫެރުވެފައިވާ ބައެއް ކަމެވެ. ރާއްޖެ އިސްލާމްވެގެން ދިޔަގޮތާއިގުޅޭގޮތުން ކިޔެވޭ ފޯކުލޯރުތަކުންނާއި މިނޫންވެސް ވާހަކަތަކަށް ބަލާލާއިރު އެނގޭން އޮތީ ކޮންމެވެސް މުހިންމު ހާދިސާއަކާއި ގުޅިގެން ރާއްޖޭގެ ރަސްކަމުގައި އެއިރު ހުންނެވި ރަސްގެ އިސްލާމްވެ ވަޑައިގަތުމާއިއެކު މުޅިރާއްޖޭގެ ރައްޔިތުންނަށް އެމީހުން ކުރީންއުޅެމުންއައި ދީން ބަދަލުކުރާން މަޖުބޫރުވިކަމެވެ. އަދި ރަދުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެވިފައިވާ ކަންވެސް އެނގޭން އެބައޮތެވެ. މިގޮތުން ދެކެވޭ ވާހަކަތަކަށް ހެކިލިއްބައިދޭ އަސަރުތައް މިއަދުވެސް ފ. ނިލަންދޫއިން ފެންނާން އެބަހުއްޓެވެ. އިސްލާމްދީން އައުމަށްފަހުވެސް ރާއްޖޭގެ ބައެއްވެރީން އެމީހުންގެ އަމިއްލަ މަސްލަހަތަށް ޓަކައި ދިވެހީންގެ ދީން ބަދަލުކުރުވާން ބާރުއަޅައި މިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަންވެސް ގެއްލިގެން ގޮސްފައިވާކަން އެނގޭން އެބައޮތެވެ. ނަމަވެސް މިއަދާ ހަމަޔަށް ކޮންމެ ގޮތެއްގައި ނަމަވެސް އިސްލާމްދީން މިގައުމުގައި ދެމިއޮތްކަމީ އަޅުގަނޑުމެން އެންމެން އެކަމާ އިންތިހާއަށް ޝުކުރުކޮށް އުފާކުރަކަމެކެވެ. ތަފާތު އެކި ދީންތަކުގެ އަހުލުވެރީން އެކުގައި އުޅެމުންގެންދާ ގައުމުތަކުގައި އެހުންނަފަދަ ބައެއް މައްސަލަތަކެއް މިގައުމަކު ނެތެވެ. އެހެނަސް އިސްލާމްދީނާ ޚިލާފު ކިތަންމެ ކަންކަމެއް މިގައުމުގައި މިވަނީ މޫލާފައެވެ. މިކަމުގެ ޒިންމާ އުފުލާނީ ކޮންބައެއް ކަމާމެދު ސުވާލު އުފައްދާވެސް މެއެވެ. ނަމަވެސް އެނގޭ އެންމެބޮޑު ހަގީގަތަކީ ދިވެހީންނަކީ މިއަދާ ހަމަޔަށްވެސް ވެރިކަމުގައި ތިބިބައެއްގެ ބަހާއިދިކޮޅު ހެދުމުގެ މާބޮޑުބާރެއް އަމުދުން ނެތި ވެރީން އެންގުމުން އެއެންގި ކަމެއް ކޮށްލައިގެން އެންގިގޮތަކަށް އުޅެމުން އައިސްފައިވާ ބައެއްކަމެވެ. ތެދުތެދަށް ދަންނަވާނަމަ މިހާތަނަށް ދިވެހީންގެ އެއްވެސް ކަމެއްގައި ވެރިކަމުގައި ތިބިބަޔަކު އެކަށައަޅާ އެއްވެސް ސިޔާސަތަކާ އިދިކޮޅަށް ބަސްބުނެ އުޅުމުގެ ހައްގެއް ދިވެހީންނަށް ދީފައިނެތުމާއި އެކު، މިކަމުގެ ފައިދާ ނަގައިގެން ވެރީން އަބަދުވެސް ބުނަމުން ގެންދަނީ ބަސްހުއްޓިފައި ތިބި ދިވެހީންނަކީ އެއްބައިވަންތަ އެކުވެރި ވެރީންދެކެ މާލޯތްބެއްވާ ކިޔަމަންތެރި ބައެއްކަމުގައެވެ. މިހެންބުނާތަނެއްގައި ނޫން ބަހެއް ބުނެފާނެހެން ހީވާމީހެއް ކަމުގައި ޝައްކުވާ ކޮންމެމީހަކު މާކުރިޔާލައި ހުރަގޭގައި ހައްޔަރުކޮށް ނައްތާލެވެއެވެ. ނޫނީ ދުލުގައި ތަޅުއަޅުވައެވެ. މިކަންފެނި ބިރުން ދެންތިބި އެންމެން ތިބެނީ އަމިއްލައަށް ތިމާމެންގެ ދުލުގައި ތަޅުއަޅުވައި އޭގެ ތަޅުދަނޑިތައް ވެރީންނަށް ވެދުންކޮށްގެންނެވެ. ނަމަވެސް ދިވެހީންގެ މިޝަގާފަތް ނައްތާލައި ދުލާއި ގަލަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދަވައި ދެއްވުމަށް ފިސާރިކެރިގެން ނުކުންނެވި ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ކުރެއްވި މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެކަން މިވަނީ މިގައުމުގައި ބަދަލުކޮށްފައެވެ. މިއަދު މިގައުމުގެ ކޮންމެ މީހަކު އޭނާގެ ކޮންމެ ކަމަކާ ކޮންމެ ހައްގަކާ ގުޅިގެން ދައްކާންވީ ކޮންމެ ވާހަކައެއް އެގެންދަނީ ދައްކަމުން ޚިޔާލުފާޅު ކުރަމުން، ލިޔަމުންނެވެ. ނަމަވެސް މިއަދުވެސް ކުރީގެ ޝަގާފަތުގެ ގޮތްގަނޑު ނައްތާލުމާއި އިދިކޮޅު ފަރާތްތަކުން އެގެންދަނީ މިކަންމުޅީން އޮޅުވާލައި އަސްލު އޮޅުވާލަމުންނެވެ. އެހެނަސް އަޅުގަނޑުމެންގެ ލޮބުވެތި ލީޑަރ އަދި ރައީސް ނަޝީދު ފިސާރި ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއި ، ކެތްތެރިކަމާއިއެކު ދިވެހީންގެ ދޫތަކުގައި ކުރީގެވެރިކަމުގެ ނިޒާމުގެ ތެރެއިން އަޅުވާފައިވާ ބޮޑުތަޅު މިވަނީ ނައްޓުވާ ދެއްވާފައެވެ. މިކަން ދެން ބަދަލުކުރުމަކީ ދިވެހިރާއްޖޭގައި ވެރިކަމާ ހަވާލުވާ އެއްވެސް ބަޔަކަށް ދެންކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އޭގައިވެސް ހައްދެއް ހުދޫދެއް އޮންނާނެ ކަމެއްކަމާއި އަޅުގަނޑުމެންގެ މިގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމާއި އަޅުގަނޑުމެން އެމައްޗަށް އަމަލުކުރަމުން ގެންދާ ގާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް މިކަންކުރުމަކީ އަނެއްކާވެސް އެއަޅުވެތި މާޟީއަށް އެނބުރި ރުޖޫޢަވެ ދިއުމަށް އަޅުގަނޑުމެން ނޭދޭނަމަ ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. މިކަން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ނުވިސްނައި ދޫކޮށްލައިގެން ނުވާނެއެވެ.