އެމްޑީޕީ މަތި އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓުން މާލޭގައި ޚާއްސަ ޖަލްސާ އެއް ބާއްވަނީ

އިބްރާހީމް ރާމިޒް

މަތި އުތުރު ޕުރޮވިންސް ސެކެރެޓޭރިއޭޓުން އިސްނަގައިގެން ބާއްވާ ހާއްސަ ޖަލްސާ އެއް 13 އޮގަސްޓު 2011 ވާ ހޮނިހިރު ދުވަހުގެ ރޭ (މާދަމާ ރޭ) 9:30 ގައި އެމްޑީޕީގެ މައި ހަރުގޭގައި އޮންނާނެ އެވެ.
ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަ ކޮއްގެން ބާއްވާ މި ޖަލްސާގައި މާލޭގައި މި ވަގުތު ތިއްބެވި ބޮޑުތިލަދުންމަތީގެ އެކި އެކި ކައުންސިލް ތަކުގެ މެންބަރުންނާއި ދާއިރާ ތަކުގެ ރައީސުންގެ އިތުރުން މަތި އުތުރު ޕުރޮވިންސް އަށް ނިސްބަތްވާ ހުރިހާ އެމް.ޑީ.ޕީގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާނޭ ކަމަށާއި، އަދި މީގެ އިތުރުން އެމްޑީޕީގެ ޗެއަރ ޕާރސަން އާއި އެ ޕާޓީގެ ރައީސާއި ނައިބު ރައީސްވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައި ގަންނަވާނޭ ކަމަށް އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ ސެކްރެޓޭރިއަޓުން ބުނެއެވެ.
އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓުން ވެސް ދަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެ ޕްރޮވިންސްގެ ޅ.ހިންނަވަރުގައި އެމްޑީޕީގެ ލީޑަރޝިޕް ބައިވެރިވާ ބޮޑު ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.