އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ އިޢުލާން

mdp-logo-original

މަތި އުތުރު ޕުރޮވިންސްގެ ފަރާތުން ބާއްވާ ހާއްސަ ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ހަރުގޭގައި އޮންނާނެ.

މަތި އުތުރު ޕުރޮވިންސް ސެކެރެޓޭރިއޭޓުން އިސްނަގައިގެން ބާއްވާ ހާއްސަ ޖަލްސާ އެއް 13 އޮގަސްޓު 2011 ވާ ހޮނިހިރު ދުވަހުގެ ރޭ 9:30 ގައި ޕާރޓީގެ މައި ހަރުގޭގައި އޮންނާނެ އެވެ.
ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަ ކޮއްގެން ބާއްވާ މި ޖަލްސާގައި މާލޭގައި މި ވަގުތު ތިއްބެވި ބޮޑުތިލަދުންމަތީގެ އެކި އެކި ކައުންސިލް ތަކުގެ މެންބަރުންނާއި ދާއިރާ ތަކުގެ ރައީސުންގެ އިތުރުން މަތި އުތުރު ޕުރޮވިންސް އަށް ނިސްބަތްވާ ހުރިހާ އެމް.ޑީ.ޕީގެ މަޖިލިސް މެންބަރުންވެސް ބައިވެރި ވާނެ އެވެ.
އަދި މީގެ އިތުރުން ޕާރޓީގެ ޗެއަރ ޕާރސަން އާއި 2 ނައިބު ޗެއަރ ޕާރސަން އަދި ޕާރޓީގެ ރައީސާއި ނައިބު ރައީސްވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައި ގަންނަވާނެއެވެ.
މި ޖަލްސާ އަށް ޕާރޓީ އަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ މެންބަރުންނާއި މާލޭގައި ދިރި އުޅުއްވާ ބޮޑުތިލަދުންމަތީގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
11 އޮގަސްޓު 2011