ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ، އަހުމަދު މައުސޫމް ހަމަޖައްސަވައިފި

mausoom

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (މާލީ)، ގ. ޕްލެޒެންޓްވޭވްސް އަޙްމަދު މަޢުޞޫމް، ރައީސުލްޖުމްހޫރިއްޔާ އިއްޔެ ޢައްޔަން ކުރައްވައިފިއެވެ. ޗީފް އޮފް ސްޓާފް ކަމުގެ މަގާމަކީ، ވަޒީރުން ފެންވަރުގެ މަގާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބެއްލެވުމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގެވުމުގެ އެންމެ އިސްބޭފުޅަކީ ޗީފް އޮފް ސްޓާފް ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި އަޙްމަދު މަޢުޞޫމް މިހާތަނަށް ހުންނެވީ، އެއޮފީހުގެ ފައިނޭންސް ސެކްރެޓަރީ ކަމުގެ މަގާމުގައެވެ.