ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް އާޓް ގެލެރީގައި މިހާރު ހިނގަމުންދާ ޢަބްދުﷲ ނަޝާތުގެ ފޮޓޯ މަޢުރަޒު ބައްލަވާލައްވައިފި

hep-foto

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނޭޝަނަލް އާޓް ގެލެރީގައި މިހާރު ހިނގަމުންދާ ޢަބްދުﷲ ނަޝާތުގެ ފޮޓޯ މަޢުރަޒު ރޭ ބައްލަވާލައްވައިފިއެވެ. މި މަޢުރަޒުގައި ހިމެނިފައިވަނީ، ފަންސޫރުން އޭނާ ކުރައްސަވާފައިވާ އެކި ޤައުމުތަކުގެ ވެރިންގެ ފޮޓޯފުޅުތަކާއި، އެކި ރޮނގުތަކުން ފާހަގަކުރެވޭ މުހިންމު ޝަޚްޞިއްޔަތުތަކުގެ ފޮޓޯތަކެވެ. މީގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއްވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި މަޢުރަޒު ބައްލަވާލެއްވުމަށްފަހު، ޢަބްދުﷲ ނަޝާތުގެ މި މަސައްކަތަށް ތަޢުރީފް ކުރައްވައި އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.