ގައުމީ އިނާމަށް މީހުން ހޮވުމުގެ މަސައްކަތް ފަށައިފި

ގައުމީ އިނާމަށް ފުރުސަތު ހުޅުވާލި 28 ދާއިރާގެ ތެރެއިން 22 ދާއިރާއަކަށް 102 ފޯމުހުށަހަޅާފައިވޭ

gaumee-inaam

މިއަހަރު ޤައުމީ އިނާމަށް ހުށަހެޅި ފޯމްތައް ބަލައި، އެ އިނާމަށް މީހުން ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައް ޤައުމީ އިނާމާބެހޭ ކޮމިޓީއިން އިއްޔެ ފަށައިފިއެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ފުރްޞަތު ހުޅުވާލީ، މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ޖުލައި މަހުގެ 31 ވަނަ ދުވަހު މުއްދަތު ހަމަވިއިރު، 102 ފޯމު ހުށަހަޅާފައިވާ ކަމަށާއި، މި ފޯމުތައް ހުށަހަޅާފައިވަނީ، އެ އިނާމަށް ފުރްޞަތު ހުޅުވާލި 28 ދާއިރާގެ ތެރެއިން 22 ދާއިރާއަކަށް ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހާމަކުރެއެވެ.

ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.