އެމްޑީޕީން ބާއްވާ ދީނީ ނަސޭޙަތް ދިނުމުގެ ސިލްސިލާ ޖަލްސާއެއް މިރޭ އޮންނާނެ

އެމްޑީޕީން ބާއްވާ ދީނީ ނަސޭޙަތް ދިނުމުގެ ސިލްސިލާ ޖަލްސާއެއް މިރޭ އޮންނާނެ އެވެ.

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން ބައްވާ މި ޖަލްސާ އޮންނާނީ މިރޭ 9.45 ގައި، އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައެވެ.
މި ޖަލްސާ އަށް އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުންނާއި، ދިވެހި އެންމެހާ ރައްޔިތުން ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތު އަރުވައެވެ.