ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ވަޑައިގެންފި

hep-seychells

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސީޝެލްސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ސީޝެލްސްއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ސީޝެލްސް އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ދެންނެވީ، ސީޝެލްސްގެ ނައިބުރައީސް ޑެނީ ފޯރއާއި، ޑެޒިގްނޭޓެޑް މިނިސްޓަރ، މިނިސްޓަރ ފޮރ ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ޔޫތު އެންޑް ސްޕޯޓްސް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކޮމިޓީގެ ޗެއަރމަން ވިންސެންޓް މެރިޓަންއާއި، މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ޖީން-ޕޯލް އެޑަމްއާއި، ސީޝެލްސްގައި ހުންނަވާ ރާއްޖޭގެ އޮނޮރަރީ ކޮންސަލް ލެމްބަރޓް ބޮންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ސީޝެލްސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި، ސީޝެލްސްގެ ވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއަށާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވެން ހުރި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.