އުފާވާ ޒަމާނޭ…

ފަހަލަ ސަޢީދު

hep-at-kmaafushi

އަތްބަންދުވެ ,އަނގަބަންދުވެ, ގޭބަންދުވެ، ރަށުބަންދުގައި ވަނިކޮށް، ﷲ އަޅަމެން އެ އަނިޔާވެރިކަމުން ނަޖާކުރައްވައިފިއެވެ. މިއަދަކީ ،އަތާ ދުލާ، މިނިވަންވެ، އުފާވެރި ރާގުތައް މިނިވަންކަމާ އެކު، އަޑުއަހާލެވޭ ދުވަހެވެ. ތަރައްގީގެ ދުވެލި އަތުފަތުނުޖެހި ހަލުވިކަމާއެކު ކުރިއަރައިދާ ދުވަހެވެ.ނުފޫޒާ ބާރުގެ އަޅުވެތި، ހިއްދަތި, މާޒީގެ ހިތިހަނދާންތައް، ފޮހެލެވޭތޯ މަސައްކަތްކުރާ ދުވަހެވެ. ރައްޔިތުމީހާ ކުރިއަރައިދިއުމަށް ތަންދައްކާ ޒަމާނެވެ.ކާފައާއި މާމަގެ އުފާވެރި ބަސްތަކުން ދަރިންގެ ރޫޙަށް އުފާ ލިބޭ ޒަމާނެވެ. އެކަނިވެރި މަންމަގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލެވުނުޒަމާނެވެ. ނުކުޅެދޭޙާލުގައި އެއްލާލެވިފައިވާ ކޮއްކޮއަށް ލޯބިލިބުނުޒަމާނެވެ. މުޅިގައުމު އުފަލުން ފޮޅޭޒަމާނެވެ. އަންހެނުން ބަލިވެގެން އަތޮޅުހަސްފަތާލަށް ދިއުމަށްޓަކާ، ޖީބާ، ހިތަށް ކުރި ބާރުތައް، މާޒީއާ، އެކުވެދިޔަ ޒަމާނެވެ. ރައްޔިތުންގެ ވެރިކަން، ރައްޔިތުންނަށް ލިބި، ސަރުކާރުގެ މާސްޓަރ ޕްލޭން ރޭވުމަށްޓަކާ ރައްޔިތުން ރުހޭގޮތް ބަލަންޖެހިފައިވާ ޒަމާނެވެ. ވެރިންނަކީ ރައްޔިތުންކަމުގައި ބަލާޒަމާނެވެ. ބޮޑާކަމާ، ކިބުރުވެރިކަމުން މިނިވަންވެފައިވާ ވެރިއަކު، ލިބުނު ޒަމާނެވެ. ބޭނުންނުކުރެވި، ޖަލުތަކައް އުކާލެވުނު އެންމެހައި ޒުވާނުން ބޭނުންހިފޭ ބަޔަކަށް ހަދައިދޭ ޒަމާނެވެ. ވެރިކަން ދެމެހެއްޓުމުގެ ވިސްނުމުގައި، ފަނާކޮއްލި، ޖަނަރޭޝަން ،އޯވަރހޯލް ކުރެވޭ ޒަމާނެވެ. ފަންޑިތަ ހަދައިގެން ވެރިކަން ހޯދަންއުޅޭ ފަރާތްތައް ބަލިވާ ޒަމާނެވެ. އަނިޔާވެރި ބޮޑެތި ޕާޓީތައް، ފުނޑުފުނޑުވާ ޒަމާނެވެ. ރައްޔިތުންނަށް ކުރި އަނިޔާތަކުގެ ބަދަލުދޭންޖެހޭ ޒަމާނެވެ.ކޮށްފައިވާ ބޮޑެތި ވައްކަމާ، ފޭރިގެންފައިވާ، ރައްޔިތުންގެ ޙައްގުތައް، ހޯދުމަށް މަސައްކުރެވޭޒަމާނެވެ. ގައުމު، ޕްލޭންކޮއްފައިއޮތީ، ކަނަކު ޢިޝާނަމާދަށް ދާހެންކަން ރައްޔިތުންނަށް އެނގި، އާޕްލޭންތައް ރޭވުމަށް ރައްޔިތުންނަށް ފުރުޞަތު ހުޅުވިގެން ދިޔަ ޒަމާނެވެ.މިނޫން ވެރިކަމެއް ބަލަންބޭނުންވާ ކޮންމެ މީހަކަށް ޖަލަށްނުވަދެ އެވާހަކަ ބުނެވޭ ޒަމާނެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަލަ ފެނުނަނުދިނުމާ، ވީޑިއޯއާ، ފޮޓޯގެ ޒަރީޢާއިން، ޢާންމުންނަށް، އެވެރިޔާގެސިފަ، ޙަގީގަތާ އެއްގޮތަށް ،ދައްކައިދޭ ފަރާތްތައް ،ޖަލުތަކުން ނެރޭޒަމާނެވެ. އުނަގަނޑު ޖަހަމުން، ހިނގާހިގުން، އޮޅުވާލެވޭނެކަމަށް ހީކުރާޒަމާނެވެ. ހެނދުނުތެދުވިއިރު އޮތް 14ހެކްޓަރުގެ ކުޑަރަށް، ހަވީރުގެ އުފާވެރިވަގުތުޖެހުނުއިރު 28ހެކްޓަރުގެ ރަށަކަށް ވެގެންދާ ޒަމާނެވެ. ޔުނިވަރސިޓީތަކާ، މެޑިކަލްކޮލެޖްތަކާ، އިންޓަނޭޝަނަލް ސްކޫލްތައް، ބަލާލިކޮންމެދިމާއަކުން ފެންނަޒަމާނެވެ. ފަގީރުކަމާއި، ނިކަމެތިވުމުގެ ސަބަބުން، ތަޢުލީމު ގެއްލިފައިވާ ޒުވާނުން، ތަމްރީނުކުރެވޭ ޒަމާނެވެ. ތަޢުލީމީ ޙަޔާތް ނިމި،މަތީ ވަޒީފާތަކަށް ގޮސްފައިވާ ޒުވާނުންގެ ތެރޭގައި،ތިބި ދީން ގަބޫލުނުކުރާ ޒުވާނުންނަށް، އެދަތުރު ޖެހުނު ސަބަބު، ބެލުމުގެ ފުރުޞަތު ހުޅުވުނު ޒަމާނެވެ. ލޭއޮހުރުމެއްނެތި، މިރާއްޖޭގައި މޫލާފައިއޮތް، އަނިޔާވެރި، ދިގުވެރިކަން، މިނިވަން އިންތިޚާބަކުން ވައްޓާލި، އޭޝިޔާގެ ފުރަތަމަ ގައުމުކަމުގެ ޝަރަފުލިބޭ ޒަމާނެވެ.ކުރީގެ ޚުދުމުޚުތާރުވެރިޔާ، މުޅިރާއްޖޭގައި، ނެޕީ ޖައްސައިގެން، ހިންގޭ ޒަމާނެވެ.ކުރީގެ ވެރިން ލަނގޮޓި މަރުވައިގެން،މުޅިގައުމުގައި ދަމާލެވޭ ޒަމާނެވެ. މީހުން އެއްވެއުޅޭ ތަންނާ، ޢާންމު ޕޯޑިއަމްތަކުގައި، މިނިވަންކަމާއެކު، ޚިޔާލުފާޅުކުރެވޭ ޒަމާނެވެ. ކުރީގެ ވެރިންނާއި މިހާރުގެވެރިންގެ ވާހަކަ މިނިވަންކަމާއެކު ދެކެވޭ ޒަމާނެވެ. އުފާވެރި ރާގުތަކާއި، އުފާވެރި ކުލަތަކުން، ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަންގެނެސްދޭޒަމާނެވެ.
މިއަދު ރައްޔިތުންނަށް ފެންނަމުންދާ އެންމެ ހުތުރުކަންބޮޑު ކަމަކީ، ކުރީގެވެރިން، އެވެރިންގެ ވެރިކަމުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީޙައްގުތައް ނުދީތިބެފައި، އެވެރިންނެގި، އާވެރިން އައުމުން ބާވެރިން ވެސް ދޭންޖެހޭ އެޙައްގުތައް ފުޅާދާއިރާއެއްގައި، އާވެރިން ދޭންފެށުމުން، އެކަންކަމަށް ހުރަސްއަޅަންއުޅުމެވެ. ބޭނުމަކީ މިއަދުގެ ސަރުކާރުގެ ހަރުދަނާ ހިންގުންތެރި ސިޔާސަތު، ރައްޔިތުންނަށް އޮޅުވާލުމެވެ. 30 އަހަރާ ދެއަހަރުގެ ތަފާތުބޮޑުކަމާއި، ތިރީސް އަހަރުގެތެރޭގައި، ނުކޮއްދީހުރި ކަންކަމާއި، ދެއަހަރު ދުވަހުން ކޮއްދީފައިވާ ކަންކަން ގިނަ ވުމުން، ފާޅުވެގެންދާ ލަނަކު ކަޅިހޫރާހެން ކުރި ވެރިކަން، ރައްޔިތުންނަށް އެނގިދާނެތީއެވެ. މިއީ އެއްވެސް ބަޔަކަށް އޮޅިފައިވާ ކަންކަމެއް ނޫނެވެ، އެވެރިންގެ ތެރެއިން، މަދުބަޔަކު މިކަންކަން އެނގިތިބެ ރައްޔިތުންނަށް ސިއްރުކުރަން އުޅެނީ އަދިވެސް ވެރިކަން ލިބިދާނެކަމުގެ ހުވަފެންދެކެމުން ދާތީއެވެ.ނަމަވެސް ހަމަހޭގައި ތިބިބަޔަކަށް ،މިބައިމީހުންގެ ފޭލިވެފައިވާ ވިސްނުމާ، ކަންކުރާނޭގޮތް، އޮޅުވާ ނުލެވޭނެތާއެވެ.