މަސްވެރިންގެ ދުވަސް މި އަހަރުން ފެށިގެން 16 އޮކްޓޯބަރުގައި ފާހަގަކުރާ ގޮތަށް ނިންމައިފި

އިބްރާހީމް ރާމިޒް

cabinet-02-08-11

މިއަހަރުން ފެށިގެން މަސްވެރިންގެ ދުވަސް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.
މިކަން މިގޮތަށް ނިންމީ، މަސްވެރިންގެ ދުވަސް މިހާރު ފާހަގަކުރަމުންދަނީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށްވެފައި، އެދުވަސް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ދިމާވާތީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކަމާބެހޭ ދާއިރާތަކާ މަޝްވަރާ ކުރުމަށްފަހު، ހުށަހެޅި ކަރުދާހާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ސާކް ސަމިޓަށް ޚާއްސަކޮށްގެން އައްޑޫސިޓީގައި ޤާއިމް ކުރަމުންދާ ކޮންވެންޝަން ސެންޓަރ، ޓެންޑަރ އުޞޫލުން ބީލަމަށް ލައިގެން، އެތަން ބަލަހައްޓާނެ ބަޔަކު ހޯދުމަށްޓަކައި އެ ސެންޓަރު، އައްޑޫސިޓީ ކައުންސިލާ ހަވާލު ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައެވެ.