ރަމަޟާންމަހުގެ ބަރަކާތުން ދިވެހިން މަޙުރޫމްކުރުމަށްޓަކާ ފަހަތުގައި ސިޔާސީ ރޭވުންތަކެއް!.

ފަހަލަސައީދު

ރައްޔިތުންގެހިތްތަކުގައި ސަރުކާރާމެދު ހިތްނުބައިކުރުވުމަކީ އިދިކޮޅު ފަރާތްތަކުން ކުރާނެކަމެކެވެ. ގައުމު ފަސާދަކުރުމަކީ ވެސް އެފަދަ ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ރައްޔިތުންގެ މެދުގައި ގަތުލު ޢާންމު ހިންގުމާ، ލޫޓުވުމާ، ހުޅުޖެހުމަކީ، މިތަހުޒީބުގައި، ވެރިކަން ބަދަލުކުރެވޭނެ ގޮތެއް ނޫނެވެ. ރަސްކަމުގެ މާޒީގައި، އެގޮތަށް ވެރިކަން ބަދަލުކޮށްފައިވީ ނަމަވެސް މިއަދު މިއޮތީ ޒަމާން ބަދަލުވެ އެ އުޞޫލްތަކާ އެވިސްނުން ފެއިލްފެފައެވެ. ރަމަޒާންމަހުގެ މިނިވަންކަން ނަގާލުމަށްޓަކާ ޒޯރޯގެ ބައިގަނޑުން އަނިޔާވެރި ރޭވުންތަކެއް ރާވަމުންދާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތްތަކެއް ވަނީ ލީކުވެފައެވެ. މީގެތެރެއިން ފުރަތަމަ ފައިޓް ވަނީ މީގެ ދެރޭގެ ކުރިން އަމީނީމަގުގައި ހިންގާފައެވެ. މިކާރިޘާގައި ޒުވާނެއްގެ ފައިވަނީބިންދާލާ ފައިގެ އިތުރުން އެކިވަރު ހާނީއްކަ ކޮށްފައިވެއެވެ.
ކަންމިހެންހުރުމާއެކު، ދިވެހިންގެ ސަމާލުކަމަށާއި، ސަލާމަތީބާރުގެ، ސަމާލުކަމަށް ގެންނަން އެބަޖެހެއެވެ.މާލެ، ހުޅުމާލެ، ވިލިމާލެ، މިހާރު މިއޮތީ، ހަވަރަށްދޭން ޖެހިފައެވެ. އަމިލައަށް އަމިއްލަ ނަފުސު ސަލާމަތް ،ނުކުރެވޭ ހިސާބަށް ދިއުމުން ދެން އެހެން ގޮތެއް ނުއޮންނާނެތާއެވެ. މާލޭގައި އަނެއްކާވެސް ސިލްސިލާ މާރާމާރި ހިންގާން ފެށުމަކީ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން،ލިއްބައިދޭނެކަމެކެވެ. ސަރުކާރަށް އެކަންކަން ޙައްލުނުކުރެވިއްޖެނަމަ ދެންވާނީ ކިހިނެއްބާއެވެ؟ .އެކި މީހުން އެކި ގޮތްގޮތަށް ވިސްނަމުންދާނެއެވެ. މިހާރު ރޭވެމުންދާ މާރާމާރީތައް ރޭވިފައިވަނީ ޖަލުން މީހުންނެރޭ ދަނޑިވަޅަށްވެސް ފޯކަސްކުރެވިގެންކަމަށް ބުނެވެއެވެ. ބޭނުމަކީ ގައިދީންނެރުމުން ސަރުކާރަށް ލިބޭ ސަމާލުކަން އަނެއްފުށަށް ޖެހުމެވެ. ނަމަވެސް، މާޒީވެދިޔަ ސަތޭކައަހަރަށް ބެލިކަމުގައި ވިއަސް، ގައިދީންނަށް މިފަދަ ފައިދާކުރުވަނިވި ގޮތަކަށް ރާއްޖޭގެ ޖަލަކުން ކުށްވެރިންނަށް މަޢާފުދެވިފައެއްނުވެއެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ހަޖަމްކުރަން އުނދަގޫވާނެކަމެކެވެ.
އެހެންކަމުން އާވިސްނުމާއި، ޒަމާނީ އާ ރޭވުން، ޒަމާނީވެގެން މެނުވީ އިދިކޮޅުފަރާތްތަކުގެ ލަނޑުދަނޑި ޙާސިލެއް ނުވާނެއެވެ. އެމް.ޑީ.ޕީ ވެރިކަންކުރާނީ އިދިކޮޅު ޓީމު ކުޑަވާއިނގިލީގައި އައްސާލައިގެންނެވެ..