ގދ.ތިނަދޫގައި ހަވަރުކަނޑާލުމާއި ހަވަރުލުމުގެ ބަޙުސް…

* ނޯޓް: މި ލިޔުމުގައި ހިމެނިފައިވާ ވާހަކަތަކާއި، ޚިޔާލުތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލެވެ. އެއީ އެމްޑީޕީން ދެކޭ ގޮތް ނުވަތަ އެމްޑީޕީގެ ޚިޔާލެއް ނޫނެވެ.

ފަހަލަސަޢީދު

ތިނަދޫ ބަޣާވާތުގެ ދުވަސްވަރު އެރަށުގެ ބަޔަކު ރަށްދޫކޮށް ފުރައިގެން ދަނީ
ތިނަދޫ ބަޣާވާތުގެ ދުވަސްވަރު އެރަށުގެ ބަޔަކު ރަށްދޫކޮށް ފުރައިގެން ދަނީ

ގދ.ތިނަދޫއަކީ ބުނެވޭ ގޮތުން ބޭރުގެ ފޭރޭ މީހުންގެ އަނިޔާވެރިކަމުން ސަލާމަތްނުވެވިގެން އުޅުނު ރަށެކެވެ. މިކަން އިންތިހާއަށް ބޮޑުވުމުން، ރަށުރަޢްޔިތުން، މަޝްވަރާކުރުމަށްފަހު ނިންމީ، ޢަސްކަރީ ހިމާޔަތްހޯދުމަށެވެ. އެގޮތުގެ މަތިން، ތިނަދޫޢަސްކަރިއްޔާއަށްދީ، ތިނަދޫގެ ވާރުވެރިކަން، ޢަސްކަރިއްޔާއިން ހިންގާންފެށުނެވެ. މިކަމަކީ ވަރަށްދުރު މާޒީއަކާ ގުޅިލާމެހިފައިވާ ކަމެކެވެ.
ތިނަދޫގެރައްޔިތުންޢަސްކަޔިއްޔާއަށް ތިނަދޫ ދިން ހިސާބުން، ތިނަދޫގެ ނަން ބަދަލުވެގެން ދިޔައީ، ހަވަރުތިނަދޫގެ ނަމަށެވެ. އޭރުގެޢަސްކަރިއްޔާ އަކީ، މާލޭގައި އޮންނަ ވާރު، ނުވަތަ ބާރުތަކުގެ ތެރެއިން 6 ވަނަ ބާރެވެ. ނުވަތަ ހަވަރެވެ. ހަވަރުތިނަދޫގެ ނަމުގެ ތެރެއިން ހަވަރު ކަނޑާލަންޖެހުނީ، ތިނަދޫ ހަވަރުގެ ދަށުންސަލާމަތް ކުރުމަށްޓަކައެވެ. ހަވަރަކީ، މިހާރުގެ ނަމުންނަމަ، ޑިފެންސްފޯހެވެ. ކުރީ ޒަމާނުގައި، ވާރުތައް ހުންނަނީ ހަމައެކަނި މާލޭގައި ކަމަށްވިޔަސް، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، ވަރެއްގެ ދަށުގައި އޮތުމުގެ ފުރުޞަތު، ހުޅުވާލެވިފައި އޮވޭމެއެވެ. ކަންމިހެން ހުރުމާއެކު، ތިނަދޫގެ ނަމުގެތެރެއަށް ހަވަރު އިތުރުކޮށްފިނަމަ، ތިނަދޫ އޮބްޒާވް ކުރާނީ، ޑިފެންސްފޯހުގެ ފަރާތުންނެވެ. ތިނަދޫ ހަވަރުގެ ދަށުން ސަލާމަތް ވުމުންވެސް ތިނަދޫގެ ބައެއް ނުވިސްނޭ ރައްޔިތުން އެކަމަށް މަރުޙަބާކިއުމުގެ ބަދަލުގައި ބޭނުންވީ، މިނިވަންކަމެއް ލިބުން ނޫންތާއެވެ، އެއް ކޮޅުން ބަލާއިރު ހަވަރަކީ، ޝަރަފެއްނޫނެވެ. ލަގަބެއްވެސްނޫނެވެ. ނިކަމެތިކޮއްލުމެކެވެ. ދިގުތާރީޚަކަށް ބަލާއިރު ތިނަދޫއަކީ މިރާއްޖޭގައި އޮތްއެންމެ ފުދުންތެރި ރަށްތަކުގެތެރެއިން އެއް ރަށެވެ. ތިނަދޫއަކީ ވަރަށްގިނަސިޔާސީ މުފައްކިރުންނާ ލީޑަރުން، އުފެއްދިރަށެކެވެ. މިއީ ހަވަރުގެ ދަށުން މިންޖުވުމަށްޓަކާ ރަށުގެ ކަމުވޮށިވެގެންވާ މުޞައްނިފުންނާ، މުފައްކިރުން އެކުލަވާލި، ވިއުގައެއްގެ ދަށުން، އެފެދުނު، އަދި މިރާއްޖޭގެ ތާރީޚުގައި، ލިޔެވެމުންދާ، ތިނަދޫގެ މަޝްހޫރު ލީޑަރުން ޖިހާދުވަމުންދިޔަ ސަބަބުވެސްމެއެވެ. ކޮންމެޔަކަސް، މާޒީގެތެރެއިން ތިނަދޫގެ ރައްޔިތުންނަށް ކުރިމަތިވެގެންދިޔަ ހިތާމަވެރި ޙާދިސާއަކީ ވެސް ތިނަދޫގެ ރައްޔިތުން، މިވަންކަމަށްޓަކާ ކުރި ޖިހާދެއްކަމުގައި ދެކެމެވެ. ތިނަދޫ ފަޅުރަރަކަށްވެ، ޢާއިލާތައް ވިއްސިވިހާލިވެ، އެތަންމިތާނގައި، ޔަހޫދީންނަށް ޖެހުނުފަދަ ޙާލެއްގައި، ވަޒަންވެރިވާން ޖެހުނެވެ. ﷲގެ ހެޔޮރަޙުމަތްފުޅުން، ތިނަދޫ އަނބުރާ ތިނަދޫގެ ރައްޔިތުނަނަށް ލިބުނުއިރު، ތިނަދޫގެ އާބާދީގެ ގިނަބަޔަކު ރާއްޖޭގެ އެތަންމިތާނގައ ިވަޒަންވެރިވެ ނިމިއްޖެއެވެ. އެކިމީހުން، އެކިރަށުގައެވެ.
ވީރުޢަލީދީ އަވަހާރަކޮއްލީ، ތިނަދޫމީހުންނެވެ. ވީރުޢަލިދީދިއަކީ ހަވަރުގެފަރާތުންހުނަނެވި އަތޮޅުވެރިޔާމެއެވެ.ދެން އެވަރުން ތިނަދޫއަށް އަތޮޅުވެރިޔަކަށްފޮނުއްވީ ނ.ތ.ހަސަންދީދީއެވެ. އެމަނިކުފާނު ހައްޔަރުކޮށްގެން، މަރާނުލެވެނީސް އިބުރާހިމްނާޞިރު ވަނީ ހަސަންދީދީސަލާމަތްކުރެއްވިއެވެ. މިއީތިނަދޫގައި ހުޅުޖެހި ކާރިޘާ، ކުރިމަތިވެގެންދިޔަ ދުވަސްވަރެވެ.

* ނޯޓް: މި ލިޔުމުގައި ހިމެނިފައިވާ ވާހަކަތަކާއި، ޚިޔާލުތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލެވެ. އެއީ އެމްޑީޕީން ދެކޭ ގޮތް ނުވަތަ އެމްޑީޕީގެ ޚިޔާލެއް ނޫނެވެ.