ފޮޓޯ: ކުޑަހުވަދޫގައި އެމްޑޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތު… 1 އޮގަސްޓް 2011

ފޮޓޯ:އެމްޑީޕީ ކުޑަހުވަދޫ ދާއިރާ

ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީީ އޮފީހުގެ ދިިދަނެގުމުގެ
މިރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ ރައީސް ވިދާޅުވީ މިއޮފީން ދެވޭނެ
ޚިދުމަތްތަކުގެ ތެރޭގައި މަދަނައިގެ ޚިދުމަތް ލިބުމުގައި އިދާރީގޮތުން
ދަތިވާ މައްސަލާތައް ޙައްލުކޮށްދިނުމާއި ދައުލަތުގެ އެހީއަށް ބޭނުންވާ
ފަރާތްތަކަށް އެހީގެ ފޯމް ފުރައި ހުށަހަޅައިދިނުމުގެ އިތުރުން ޕާޓީގެ
މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތް މިއޮފީހުގައި ކުރެވޭނެކަމުގައެވެ.
މަރަސްމިއްޔާތުގައި ޤައުމީ ދިދަ ނަގައިދިނީ ކުޑަހުވަދޫ
ކައުންސިލްގައިހިމަނޭ އެމްޑީޕީގެ ހަމައެކަނި ކައުންސިލަރ އަޙްމަދު
އާމިރެވެ. ޕާޓީގެ ދިދަ ނަގައިދިނީ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާޠިރު
އެވެ. މިއޮފީހުގެ ޚިދުމަތް ޕާޓީގެ މެމްބަރުންގެ އިތުރުން ރަށުގެ އަދި
ދާއިރާގެ އެންމެހާއި ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމުގައިވެސް
ދާއިރާ ރައީސް ވިދާޅުވިއެވެ