މިސަރުކާރު ދެމިއޮތްހާ ހިނދަކު ރައްޔިތުންގެ ފަރުދީ މިނިވަންކަން ދެމިއޮންނާނެ..

ފަހަލަސައީދު

މިއަދަކީ، ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަން ލިބި، ސަރުކާރުން ނިންމާ ނިންމުންތަކުގައި ރައްޔިތުންނަށް ބަސްކިޔޭ ދުވަހެވެ. ސަރުކާރުގެ ސިޔާސަތަށް، ބިނާކުރަނިވި ފާޑުކިއުމުގެ މިނިވަންކަން، ރައްޔިތުންނަށް ލިބިފައިވާ ދުވަހެވެ.ދިވެހިންނަށް، ދިވެހިންގެ ވެރިކަން ހިންގުމުގެ މިނިވަންކަން ލިބުނުދުވަހެވެ.
ކަންމިހެން އޮތް ހިނދު، ރާއްޖެ ބޭރުގެ ނުފޫޒަކަށް ބޯލަނބައިފިނަމަ، ސަރުކާރުގެ މައްޗަށް، ދަޢުވާކުރުމުގެ މިނިވަންކަން، ރައްޔިތުން ވަނީ ހޯދާފައެވެ. މިއީ ކުރިން މިރާއްޖޭގައި، ކޮށްފައިވާ އެއްވެސް ވެރިކަމެއްގެ ތެރެއިން، ރައްޔިތުންނަށް ހޯދިފައިވާ މިނިވަންކަމެއް ވެސް ނޫނެވެ. އާރު، ބޭރުގެ ފަރާތްތަކާއެކު މުޢާމަލާތެއް ކުރަންވެއްޖެނަމަ، އެކަންކުރުމުގެ، ބާރު އޮންނަނީ، ސީދާ ރައީސަށެވެ. ރައީސް ނިންމަވާ، އެއްވެސް ނިންމުމެއް، ވީޓޯކުރުމުގެ ބާރެއް، ރައްޔިތުންނަށް، ހޯދިފައެއްނުވެއެވެ. އެހެންކަމުން، ކުރީ ސަރުކާރުން، އިޒްރޭލާއެކު ވިޔާފާރީގެ މުޢާމަލާތެއް ހިންގުމަށް ނިންމަވާފައިވާކަން، ނޭނގެނީއެވެ. އޭރު މިފަދަ މިނިވަންކަމެއް ނެތުމުގެ ސަބަބުން، ރައްޔިތުން ބޭނުން ވިޔަސް، ނުވިޔަސް، އޭރުގެ ރައީސަށް، ފެނިވަޑައިގަންނަވާ ކޮންމެ ގޮތަކީ ރައްޔިތު މީހާ، ރުހިގެން ވިޔަސް، އަދި ނުރުހި ހުއްޓަސް، ހައްޕުކިޔައިގެން ހުންނަން މަޖުބޫރުވާ ކަމެކެވެ.މިކަންކަމާ މެދު ހެޔޮނިޔަތަކުން ވިސްނައިފި ކޮންމެ، މީހަކު، މިކަން މިއަދު ގަބޫލުކުރާނެއެވެ. އެހެންކަމުން، ބޭރުގެ ނުފޫޒަކަށް، މިރާއްޖޭގެ ސިޔާސަތުގެ ތެރެއަށް، ވަނުމުގެ ފުރުޞަތު ހަނިވެފައިވާކަން، ފާހަގަކުރަމެވެ. މިއަދު، ސަރުކާރުގެ ކޮންމެ، ނިންމުމެއް، ނިންމުމުގައި، ދައުލަތުގެ ތިންބާރުގެ، ބައިވެރިވުން ހިމެނިފައިވުމަކީ، އަދިމިރާއްޖެ، މީގެކުރިން، ހުވަފެނަކުންވެސް، ދެކެފައިވާ، ކަންކަމެއް ނޫނެވެ. ވެރިކަމާ ހެދި، އުޅޭމީހަކު، ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ، ކޮންމެފަދަ ވާހަކައެއްވެސް، ދައްކަފާނެތާއެވެ. މިވެރިކަން އައުމުގެކުރިން، ސަރުކާރުގެ ނިންމުމެއް ބަދަލުކުރުމަށްޓަކާ، ރައްޔިތަކަށް ބޯވެސް ހިއްލާލެވުނުތޯއެވެ. މިހިރީ، ފެންނާންހުރި ޙަގީގަތްތަކެވެ. ނަމަވެސް، ދުނިޔޭންމޮޔަވީމާ، ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކާފާނެތާއެވެ. މާޒީވެދިޔަ100 އަހަރުގެ ތެރޭގައި، މިރާއްޖެ އަދިމިހާތަނަށް ދެކެފައިނުވާ މިންވަރަށް، ނިމިގެންދިޔަ 2އަހަރު ދުވަހުގެ ތެރޭގައި، މިރާއްޖެވަނީ، ތަރައްގީގެ، ކުރިއެރުން، ހޯދާފައެވެ. އެހެންކަމުން، ބައެއް ސިޔާސީ ފަރާތްތަކަށް ހީވެގެން އެއުޅެނީ މިވެރިކަމަށް ވެސް، ތިރީސް އަހަރުވީކަމުގައެވެ. ބަލާލި ކޮންމެދިމާއަކުންވެސް، މިއަދުފެނިގެންދަނީ، އުންމީދުން ފުރިގެންވާ، ބޮޑުމަންޒަރެވެ. މިކަމަށްޓަކާ، މިއަދުގެރައީސަށް، ރައްޔިތުން ޝުކުރުއަދާކުރުމަކީ ،ނެގުނު، ކަތީބުގެ ލަގޮނޑިފަޅައިގެންދާނެކަމެއްތާއެވެ.