އިބްރާހީމް ރާމިޒް
އެމްޑީޕީގެ މެންބަރުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށާއި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެ ކަނބަލުންނަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު، ރޯދަމަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މިއަދު ނެރުއްވި ބަޔާނުގައި، މި ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމާއި، އަޅުކަމުގެ މައްސަރުކަމަށާއި، މި ބަރަކާތްތެރި މައްސަރުގައި ވީހާވެސް ގިނައިން އަޅުކަމާއި، ހެޔޮކަންތަކުގައި ޟާމިލުވެ، ނިކަމެތީންނާއި އަވައްޓެރިންނާއި ގާތްތިމާގެ މީހުންނާއި، އެ ނޫން ވެސް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
” މި ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި މެންބަރުންނަށާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެ ކަނބަލުންނަށް އިޚްލާޞްތެރިކަމާއެކު ރައްދުކުރަމެވެ.” އެމްޑީޕީގެ ޗެއަރޕާސަންގެ ބަޔާނުގައިވެއެވެ.