ސާލިމިއްޔާ ގޭ މީހުންނާ އެމްޑީޕީން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

އިބްރާހީމް ރާމިޒް

saalimiyya1

ސާލިމިއްޔާ ގޭ މީހުންނާ އެމްޑީޕީން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެމްޑީޕީން ސާލިމިއްޔާގޭ މީހުންނާ ހަވާލުކުރި 112465 ރުފިޔާ ހަވާލުކޮށްދެއްވީ އެ ޕާޓީގެ ފަންޑްރައިސިންގ ކޮމިޓީގެ ޗެއަރމަން އިސްމާޢީލް ޝަފީޢު (ސްޓެޓިކް އިއްސޭ) އެވެ.
މިއަދު ފައިސާ ހަވާލުކުރީ ސާލިމިއްޔާގޭގައި ހިނގި ނުރައްކާތެރި އަލފާނުގެ ހާދިސާ ހިނގިއިރު، އެ ގޭގައި ދިރިއުޅުނު 5 އާއިލާއަކަށާއި، ވަކި ފަރުދަކަށެވެ.
މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ހެނދުނު 9.30 އެހާކަންހާއިރު ގ. ސާލިމިއްޔާ ގޭގައި ރޯވި އަލިފާން ނިއްވާލެވުނު އިރު އެގެ ވަނީ މުޅިން އަނދައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.