ޓެކްސް ނެގުމާ ބެހޭ މައުލޫމާތު ދިނުމަށް މިރޭ ޚާއްސަ ޕްރޮގްރާމެއް އޮންނާނެ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބިލްތަކާއި ބެހޭ މައުލޫމާތު އާންމު ރައްޔިތުންނަށް ދިނުމަށް މިރޭ ޚާއްސަ ޕްރޮގްރާމެއް ބާއްވާނެއެވެ.
ރާއްޖެ ރޭޑިއޯ އިން ލައިވްކުރާ މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ އިކޮނޮމިކް މިނިސްޓަރ މަޙްމޫދު ރާޒީ އާއި، ފިނޭންސް މިނިސްޓަރ އަހުމަދު އިނާޒް އެވެ.
މި ޕްރޮގްރާމް ފެށޭނީ މިރޭ 9 ޖަހާއިރުއެވެ.