އެމްޑީޕީގެ ރައީސް ސިލޯނުގައި ތިބޭ ދިވެހިންނާއި ބައްދަލު ކުރައްވައިފި

މިނިވަން ދުވަސްފާހަގަ ކުރުމުގެ ގޮތުން ކޮލޮމްބޯ ގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ރޭގައި ބޭއްވި ބައްދަލުވުމެއްގައި ޕާރޓީގެ ރަައީސް ޑރ. އިބްރާހީމް ދީދީ ސިލޯނުގައި ތިބޭ ދިވެހިންނާއި ބައްދަލުކޮށް ޙާލު އަޙްވާލު ބައްލަވާލައްވައިފިއެވެ.
ޝްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ ޙުސައިން ޝިހާބް ބައިވެރިވެ ވަޑައިގަންނެވި މި ބައްދަލުވުމުގައި އެ ޕާޓީގެ މެމްބަރުންނަށް ދިމާާވާ ދަތިތަކާއި އަދި ޕާޓީ ކުރިއަރުވަން ކުރެވިދާނެ މަސައްކަތްތަކުގެ ވާހަކަ އެމްޑީޕީގެ ރައީސް ދެއްކެވިއެވެ.
މި ބައްދަލުވުމަކީ ޑރ. ޑީޑީގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެވަޒީރުގެ ޙައިސިއްޔަތުން ކޮޅުނބުގައި އޭޝިޔާ ސަރައްޙަދުގެ ދަނޑުވެރިކަމާއި ބެހޭ ވަޒީރުންނަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ނިއްޓްރިޝަން އާއި އިޤްތިޞާދީ ތަރައްޤީ އާާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ވަޑައިގެންނެވި ދަތުރުފުޅުގައި ހުސް ވަގުތުގައި ބޭއްވި ބައްދަލު ވުމެކެވެ.