އެމްޑީޕީން މިރޭ އެޕާޓީގެ ހަރުގޭގައި ދީނީ ނަސޭޙަތް ދިނުމުގެ ޖަލްސާއެއް ބާއްވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބާއްވާ ދީނީ ނަޞޭޙަތް ދިނުމުގެ ޖަލްސާ އެއް މިރޭ އެ ޕާޓީގެ މައިހަރުގޭގައި އޮންނާނެއެވެ.
މިއީ މްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުން އިންތިޒާމްކޮށްގެން ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް ކުރިޔަށް ގެންދާ ދީނީ ނަޞޭޙަތް ދިނުމުގެ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާ އެވެ.
މި ސިލްސިލާގެ އިފްތިތާޙީ ޖަލްސާ އޮތީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަލާފާނު ސްކޫލުގައެވެ.
މިރޭ 8.45 ގައި ބާއްވާ ދީނީ ނަޞޭޙަތް ދިނުމުގެ ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ޙާޒިރުވުމަށް އެމްޑީޕީން އެދެއެވެ.