މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރައްވައިފި

31 މެއި 2010

naseer-450-x-234

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މއ. އެއިމޭ އަޙްމަދު ނަޞީރެވެ. އަޙްމަދު ނަޞީރު، މީގެކުރިން ހުންނެވީ ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒްގެ ރައީސް ކަމުގެ މަގާމުގައެވެ.
ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމަށްވެސް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ޖަރީމާގޭ އާދަމް ނަޞީރެވެ. އޭނާ މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނާއިބުގެ މަގާމުގައެވެ.
މީގެ އިތުރުން، މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ހުސްނުހީނާގޭ ޢަލީ ނަޞީރު އާދަމް، އަދި ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް އައްޑުއަތޮޅު ހިތަދޫ މަލަރެސް ޢަބްދުﷲ ޖަމީލު ޢައްޔަން ކުރައްވައިފިއެވެ.