ކުށެއްގެ އިޞްލާޙް

30 މެއި 2010
27 މެއި 2010 ވީ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޤައުމީ އިއްތިޙާދު ޕާޓީއާ އެކު އެމްޑީޕީން ވެފައިވާ އެއްބަސްވުންތައް އުވާލުމަށް ފާސްވެފައިވަނީ އިއްތިފާޤުންކަމަށް މި ވެބްސައިޓްގައި ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ރަގަޅުގޮތަކީ މި ކަމާ ގުޅިގެން ފާސްކުރި ޤަރާރު ފާސްވެފައިވަނީ ޙާޒިރުވެވަޑައިގެން ތިއްބެވި 23 މެންބަރުންގެ ތެރެއިން 21 މެންބަރުންގެ ވޯޓުންނެވެ.