ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފި

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ސަރުކާރުން ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ވ. ރަންދި މުޙަންމަދު ޙުނައިފެވެ.

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ޢައްޔަން ކުރެއްވި އެހެން މެންބަރުންނަކީ، ހދ. ކުޅުދުއްފުށީ އިނގުރުމާގޭ ޞާލިޙު ޙުސައިނާއި، ހދ. ކުޅުދުއްފުށީ ތަރި މުޙަންމަދު ޒުހައިރާއި، ހދ. ކުޅުދުއްފުށީ އޯޝަންވިލާ ޙަސަން ޒިޔާދެވެ.

މިބޯޑަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ޢައްޔަން ކުރެއްވި މެންބަރުންނަކީ، ހދ. ކުޅުދުއްފުށީ ޕެޝާވަރު އަންވަރު އަބޫބަކުރާއި، ހދ. ކުޅުދުއްފުށީ އަސްރަފީގޭ އާދަމް މުޙަންމަދާއި، ހދ. ކުޅުދުއްފުށީ އާކާޝް މުޙަންމަދު އިބްރާހީމެވެ.