އެމްޑީޕީ ގެމަނަފުށި ދާއިރާއިން އެދާއިރާގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފި

އިބްރާހީމް ރާމިޒް

gemanafushi-dhaaira-450-x-265

އެމްޑީޕީ ގެމަނަފުށީ ދާއިރާއިން އެ ދާއިރާގެ އެމްޑީޕީގެ ހާލަތާއި، ރަށްރަށުގެ އާންމު ޙާލަތު ބަލާލުމަށް ޚާއްސަ ދަތުރެއް ކޮށްފިއެވެ.
އެމްޑީޕީ ގެމަނަފުށީ ދާއިރާއިން ހާމަކުރާ ގޮތުގައި މިދަތުރުގެ މައިގަޑު ބޭނުމަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ދާއިރާގައި ދެމުން ގެންދާ ހިދުމަތްތައް ރަށްޔިތުންނަށް ލިބޭ މިންވަރު ދެނެގަތުމަށާއި، އަދި ރައްޔިތުން އެ ހިދުމަތްތަކާއިމެދު ދެކޭގޮތް ވަޒަންކުރުމަށް ދާއިރާއިން ކުރި ދަތުރެކެވެ.
އެ ގޮތުން ގޭގެއަށް ޒިޔާރަތް ކޮށް މީހުންގެ ހިޔާލު ހޯދުމުގެ އިތުރުން ރަށްރަށުގެ ސިއްޚި މަރުކަޒުތަކަށް ޒިޔާރަތް ކުރުމާއި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ބައްދަލުކުރުމުގެ އިތުރުން ޔުޓިލިޓީސްގެ މަސައްކަތްތައް އެ ރަށްރަށުގައި ކުރިޔަށްދާ ގޮތް މި ޓީމުން ބަލާފައިވާ ކަމަށް އެމްޑީޕީ ގެމަނަފުށީ ދާއިރާގެ ރައީސް އަބްދުﷲ އަފީފް ވިދާޅުވިއެވެ.
މި ދަތުރުގައި އަފީފްގެ އިތުރުން، އެ ދާއިރާގެ އެމްޑީޕީ ނައިބު ރައީސް ޢަލީ އަހުމަދު އާއި އެ ދާއިރާގެ އެމްޑީޕީގެ ބައެއް އިސް ޙަރަކާތްތެރިން ބައިވެރިވެލެއްވިއެވެ.