އެމްޑީޕީ އާއި ބްރިޓިޝް ކޮންޒަވެޓިވް ޕާޓީގެ 2 ވަނަ ބައްދަލުވުމެއް އިއްޔެ ބާއްވައިފި

61

އެމްޑީޕީ އާއި ބްރިޓިޝް ކޮންޒަވޭޓިވް ޕާޓީގެ އިތުރު ބައްދަލުވުމެއް، ކޮންޒަވެޓިވް ޕާޓީގެ މައި އޮފީހުގައި އިއްޔެ ބާއްވައިފިއެވެ.
މިހާރު އިނގިރޭސިވިލާތަށް ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ އެމްޑީޕީގެ ޗެއަރޕާސަން އާއެކު ބްރިޓީޝް ކޮންޒަވޭޓިވް ޕާޓީން ބޭއްވި މި ބައްދަލުވުމުގައި، އެމްޑީޕީގެ ގޮފިތަކާއި، ދާއިރާތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތާއި، މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތަކާއި، އިތުރަށް ކުރަންހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުން 2 ޕާޓީގެ ދެމެދުގައި ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީއެއްގެ ގޮތުގައި އޮންނަ ސިޔާސޫ ޕާޓީއަކުން ޙަރަކާތްތެރިވާންޖެހޭ ގޮތާއި ބެހޭ ގޮތުން ވެސް 2 ޕާޓީގެ ދެމެދުގައި މަޝްވަރާކުރެވުނެވެ.
އެމްޑީޕީން ރާއްޖެއަށް ޑިމޮކްރަސީ ގެނެސް، އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތުގައި ކޮންޒަވޭޓިވް ޕާޓީން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.