އެމްޑީޕީގެ ޗެއަރޕާސަން ދެއްވާ މާހެފުން، މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން، (ރީކޯ) މޫސާ މަނިކު ދެއްވާ މާހެފުމެއް މިރޭ އެ ޕާޓީގެ މައި ހަރުގޭގައި އޮންނާނެއެވެ.
މިރޭ (28 ޖުލައި 2011 ވާ ބުރާސްފަތި ދުވަހުގެރޭ) 8.00 ގައި ފެށޭ މި މާހެފުމަށް، އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ސަޕޯޓްކުރައްވާ، އަދި ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.
މި މާހެފުމުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު، އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.