މިނިވަންދުވަހުގެ މުނާސަބަތުގައި އިއްޔެ ހަވީރު ހިތްފަސޭހަ މައިދާނުގައި ބޭއްވެވި “މިނިވަން ހަވީރު” ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިނިވަން ހަވީރުގައި ބައިވެރިވި ކުޑަކުދިންނާއި ޢާއިލާތަކާ ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.
މި މިނިވަން ހަވީރުގައި ވަރަށްގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތައް ބައިވެރިވިއެވެ.