މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހްނިޔާ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށާ އެމްޑީޕީގެ އެންމެހާ މެންބަރުންނަށް އެޕާޓީގެ ރައީސް ފޮނުއްވައިފި

ދިވެހި ރާއްޖޭގެ 46 ވަނަ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރ މުޙައްމަދު ނަޝީދު އަށާއި މިޕާރޓީގެ އެންމެހާ މެމްބަރުންނަށް ޕާރޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ ފޮނުއްވައިފިއެވެ.
އެމްޑީޕީގެ މައި އޮފީހުގައި ރޭ މީޑިއާ އަށް ދެއްވި ބަޔާނުގައި ޒަމާނީ ޑިމޮކްރަސީ އާއި ޙަޤީޤީ މިނިވަންކަން ދިވެހިންނަށް ހޯއްދަވައި ދެއްވުމުގައި ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މި ޑިމޮކްރަސީ އާއި މިނިވަންކަން ދެމެހެއްޓުމަކީ އެންމެން ގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އެއް ކަމާއި ކޮންމެ ފަރުދަކުވެސް މި ކަން ދެމެހެއްޓުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަދި މި އަދު މި ލިބިގަންނަ މިނިވަން ކަމުގެ އުފާ އަންނަން އޮތް ޖީލުތަކަކަށް ގެނެގޮސް ދެއްވުމަށް މަސައްކަތް ކުރައްވަންޖެހޭނެ ކަމަށްވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.