މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

july-26

މިނިވަންދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައިވެރިވެވަޑައިގެންފިއެވެ. މިރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު 6 ޖެހިއިރުއެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއިރު، އެދެކަނބަލުންގެ އިސްތިޤްބާލުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙުސައިން ޢަފީފް ހުންނެވިއެވެ. އަދި އެވަގުތު ބޭންޑުން އެރައިވަލް ކޯލެއް އެރުވުނެވެ.

މިރަސްމިއްޔާތުގައި ޚާއްޞަ ދުޢާއެއް ކުރެއްވުމުން އޮތެވެ. މިރަސްމިއްޔާތު ނިމުނީ ޤައުމީ ސަލާމުންނެވެ.