ޑރ.މުސްޠަފާ ލުތުފީ އާއި އިނާޒް އެމްޑީޕީއަށް ސޮއި ކުރައްވައިފި

29 މެއި 2010

picture-035-600-x-450

މިނިސްޓަރ އޮފް އެޑިއުކޭޝަން އަދި ގައުމީ އިއްތިހާދު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މުސްތަފާ ލުތުފީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ނައިބު އަހުމަދު އިނާޒް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މި ދެބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަމެންޓްގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި އާދަމް އުސްމާން ވެސް ވަނީ މިއަދު އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މި 3 ބޭފުޅުން އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ހަފްލާ އޮތީ އެމްޑީޕީ ސެކްރެޓޭރިއަޓް ގައެވެ. މީގެ ކުޑައިރުކޮޅެއްކުރިން ބޭއްވި މި ޙަފްލާގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީއާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކުގެ އިތުރުން އެމްޑީޕީގެ އަމީން އާންމު ހަސަން ޝާހް ބައިވެރިވެ ވަޑައިގެންނެވިއެވެ.